ޚަބަރު
ތަފާތު ކުލައިގެ އިސްޓާކިން ލުމުން، ޑައުން ސިންޑްރޯމްގެ ހޭލުންތެރިކަން އިތުރުކުރެވެނީ ކިހިނެއް؟

މާޗް މަހުގެ 21 ވަނަ ދުވަހަކީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ކަމަށް ވާއިރު، މިއީ 2012 ވަނަ އަހަރު އދ އިން އުފެއްދި “ޓްރައިސޯމީ 21” ނަމަކަށް ކިޔާ ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ހައްގުތައް ހޯދައި، ހޭލުންތެރިކަން އިތުރުކޮށް، އެ މީހުންގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އދ އިން ކަނޑައަޅާފައިވާ ދުވަހެވެ. އެއީ ކްރޮމޮސޯމް 21 (އާންމު ގޮތެއްގައި އިތުރު ކޮޕީއެއް) ހިމެނޭ ޑިފެކްޓަކުން ނުކުންނަ ޖެނެޓިކް ޑިސްއޯޑާ އެކެވެ. ހަޤީޤަތުގައި އެއީ ކްރޮމޮސޯމް 21 ގެ ރޯލުން ޑައުން ސިންޑްރޯމް ފާހަގަކުރާ ދުވަހެއްގެ ގޮތުގައި މާރޗް މަހުގެ 21 ވަނަ ދުވަސް އިޚްތިޔާރުކުރުމަށް މަގުފަހިވި ސަބަބެވެ.

ޑައުން ސިންޑްރޯމް ގުޅިފައިވަނީ ޖިސްމާނީ ހެދިބޮޑުވުން ލަސްވުމާއި، ވަކިން ޚާއްސަކޮށް މޫނުގެ ސިފަތަކާއި، ބުއްދީގެ ނުކުޅެދުންތެރިކަމާއިއެވެ. އިންޑިއާގެ ޑައުން ސިންޑްރޯމް ފެޑެރޭޝަނުން ބުނާ ގޮތުގައި ކޮންމެ 1000 އަކުން ނުވަތަ 800 ން އެއް ކުއްޖަކީ ޑައުން ސިންޑްރޯމް ހުންނަ ކުއްޖެކެވެ.

ޑައުން ސިންޑްރޯމް ހުންނަ ތުއްތު ކުއްޖެއްގެ ފޮޓޯއެއް

ޑައުން ސިންޑްރޯމް އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް، ތަފާތު ކުލައިގެ އެއްގޮތްނޫން އިސްޓާކިން ބޭނުންކުރަނީ ކީއްވެ؟

ޑައުން ސިންޑްރޯމް އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ކުލައިގެ އެއްގޮތްނޫން އިސްޓާކިން ބޭނުންކުރަން، ފަށާފައި ވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. ބައެއް އެޑްވޮކޭޓުންގެ ނަޒަރުގައި މިމޮޑެލްތައް އިހްތިޔާރު ކުރީ ކްރޮމޮސޯމްތަކާ އެއްގޮތް ސިފަތަކެއް ހުރުމުންނެވެ. އޭގެ ފަހުން ޑައުން ސިންޑްރޯމް ކެމްޕޭން ޕްރޮމޯޓްކޮށްފައިވަނީ ‘ލޮޓްސް އޮފް މިސްކްސް’ގެ ގޮތުގައި ކަމަށްވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަކާލާތު ކުރާ ފަރާތްތަކުން ވަނީ މި މުނާސަބަތާ ގުޅުވައިގެން އަދި މި ޑިސްއޯޑާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މަހުގެ 21 ވަނަ ދުވަހު، ކުލަގަދަ އެއްގޮތް ނޫން އިސްޓާކީންއަށް އެރުމަށް ހިތްވަރު ދީފައެވެ. މި ކެމްޕެއިންގެ އެހީގައި ޑައުން ސިންޑްރޯމް ހުންނަ މީހުންނާއި އެމީހުންގެ އާއިލާތަކާއި އެމީހުންނަށް ސަޕޯޓްކުރާ އެހެން މީހުންގެ އަޑުތަކުން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވޭނެ އެވެ.

ޑައުން ސިންޑްރޯމް އަކީ އާންމު ގޮތެއްގައި މީހުން ހޭލުންތެރި ވެފައިވާ ބައްޔަކަށް ވީނަމަވެސް، މި ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންގެ ކިބައިގައި ހުރި ކަމަށް ބެލެވޭ ކުޅަދާނަކަމެއް ގިނަ ބަޔަކަށް ނޭނގެއެވެ. މި ސިންޑްރޯމް ހުންނަ ކުދިން ބޮޑެތިވެފައި ވަނީ ގައުމީ ފެންވަރުގައި ކުޅިވަރުތަކުގައި ވާދަކޮށް، އަމިއްލަ ވިޔަފާރި ފަށައި، ފެޝަން އިންޑަސްޓްރީގައި ވަރަށް ވިޒިބަލް ރޯލުތައް އަދާކުރާ ކުދިންނަށެވެ. އެމެރިކާގެ މަޝްހޫރު އެކްޓަރު ކްރިސް ބާރކް އަކީ ޑައުން ސިންޑްރޯމް ހުރިނަމަވެސް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވިދާނެކަމުގެ ފުރިހަމަ މިސާލެކެވެ. އޭނާގެ ނަޒަރުގައި ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމަކީ އޭނާ ފަދަ މީހުންގެ ކާމިޔާބީތަކަށް ސަމާލުކަން ދަމައިގަންނަ ކަމަކަށް ވާތީ، އެ ދުވަސް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ބާކް ގަބޫލުކުރާ ގޮތުގައި އެފަދަ މީހުންނަށް އެހެން މީހުންނަށް ވެސް ކުރެވިދާނެ ނުވަތަ ނުކުރެވޭނެ ފަދަ ކަންކަން ކުރެވިދާނެ އެވެ. ބާރކް ބުނެފައިވަނީ، “ޑައުން ސިންޑްރޯމް ހުރުމަކީ، އާދައިގެ ގޮތެއްގައި އުފަންވުން ކަހަލަ ކަމެއް. އައި އޭމް ޖަސްޓް ލައިކް ޔޫ އެންޑް ޔޫ އާރ ޖަސްޓް ލައިކް މީ. އަޅުގަނޑުމެން އެންމެންނަކީވެސް ތަފާތު ގޮތްގޮތަށް އުފަންވާ ބައެއް؛ އެއީ، އަޅުގަނޑަށް އެކަން ސިފަކުރެވޭނެ ގޮތަކީ. މީ އާދައިގެ ދިރިއުޅުމެއް.”

އަޅުގަނޑުމެން އެންމެންނެކޭ އެއްފަދައިން ޑައުން ސިންޑްރޯމް ހުންނަ މީހުންނަށްވެސް ގޮންޖެހުންތަކާއި ނާއުންމީދުތައް ކުރިމަތިވެއެވެ. ނަމަވެސް އުންމީދާއި އުފާވެރިކަމާއި ކާމިޔާބީ ވެސް މިފަދަ މީހުންނަށްވެސް އެނގެއެވެ. ޞިއްޙީ ޚިދުމަތްތެރިންނާއި، މަދަރުސާތަކާއި، އެނޫންވެސް މުޖުތަމަޢުގެ އެހެން ފަރާތްތަކުގެ އެއްބާރުލުމާއެކު، އޭގެތެރެއިން ގިނަ ބަޔަކު ދަނީ، އެމީހުންގެ ޤާބިލުކަން ހުރި މިންވަރަކުން، ކޮންމެ ކަމެއްވެސް ކުރެވިދާނެކަން ސާބިތުކޮށްދެމުންނެވެ.

އެހެންވެ، މިއަދު 21 މާޗް އަހަރަމެން ފާހަގަކުރާއިރު، ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކުލަގަދަ، އެއްގޮތް ނޫން އިސްޓާކީނަށް އަރާށެވެ. އެއީ ތިބާ، ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ބޭނުންތަކަށް ސަމާލުކަން ދީ، ތިބާގެ ލޯތްބާއި ސަޕޯޓް ހިއްސާކުރާކަން ރަމްޒުކުރުމުގެ ގޮތުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!