ޚަބަރު
މަލީހު ރައީސް ސޯލިހުއަށް: ހޮޅި ވާހަކަ ނުދައްކަވާ ރައީސް ޔާމީންގެ އަރިހުން ޓިއުޝަން ނަންގަވާ

ހޮޅި ވާހަކަ ނުދައްކަވާ ރައިސް ޔާމީންގެ އަރިހުން “ޓިއުޝަން” ނެންގެވުމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ގޮވާލައްވައިފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފްލެޓްތައް އާބާދުވާން ފެށުމުން މާލޭ ސަރަހައްދުގެ ކުލި ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް ބުނެ ނޫހެއްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ޝެއާރކުރަމުން މަލީހު ވިދާޅުވެފައިވަނީ ހޮޅި ވާހަކަތައް ދައްކަން ރައީސް ސޯލިހު އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށާއި ރައީސް ޔާމީން ކައިރިން ޓިއުޝަން ނަންގަވަން ވަޑައިގަތުމަށެވެ.

މަލީހު ވިދާޅުވާ ގޮތުގައި މާލެ ސަރަހައްދުގެ ކުލި ކުޑަކުރުމުގެ ގޮތުން ފްލެޓްތައް އަޅައިގެން ކުއްޔަށް އޮންނަ ޑިމާންޑް ކުރުމަކީ ޤާނޫނެއް ނުވަތަ ޤަވައިދަކުން ކުރާ ކަމެއް ނޫން ކަން ރައީސް ޔާމީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ހިޔާ ފްލެޓްތަކުގައި ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާއިރު، މާލެ ސަރަހައްދުގެ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކުލީގެ އަގަށް ވަނީ ވަރަށް ބޮޑަށް ބަދަލެއް އައިސްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!