ޚަބަރު
މަސްވެރިންގެ ޕާޓީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަނީ

މަސްވެރިން ތަކެއް އިސްވެ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައިފިއެވެ.

ޕާޓީ ހެދުމުގައި އިސްކޮށް އުޅެނީ މާލެއަށް އުފަން އަބްދުﷲ ރަޝީދުއެވެ. އޭނާއަކީ “ހަމްދު-6” ނަމަކަށް ކިޔާ ދޯނީގެ ކެޔޮޅެވެ. މި ޕާޓީގެ މައިގަނޑު މަގްސަދކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ، މަސްވެރިންގެ ހައްގުތައް ކަށަވަރު ކުރުން ކަމުގައި އޭނާ ބުނެއެވެ.

މިހާރު ކުރިޔަށް ދަނީ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމުގެ މަސައްކަތެވެ. އޭނާގެ އުންމީދަކީި އަންނަ ސެޕްޓެމްބަރު ހިސާބުގައި މި ޕާޓީ އުފެދިގެން ދިއުމެވެ. މީގެ އިތުރުން އެ ޕާޓީއިންވެސް އަންނަ އިންތިހާބުގައި ވާދަކުރުމަށް މަސްވެރިންގެ ތެރޭގައި އުޅޭ ތައުލީމީ، އަދި ގާބިލް ޒުވާނެެއް އެ ޕާޓީގެ ޓިކެޓުގައި ނެރޭނެ ކަން ވަނީ ހާމަކޮށްފައެވެ.

ގިނަ ދިވެހިންތަކެއް މި ސިނާއަތުގައި މަސައްކަތް ކުރާއިރުނީ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީ ލިބޭނީ މަސްވެރިންގެ ވޯޓުން ކަމަށް ވެސް އަބްދުﷲ ރަޝީދު ބުނެއެވެ.

ސިޔާސީ ޕާޓީ އުފެއްދުމަށް 3000 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ. ދައުލަތަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން ވެސް ވަނީ ވަރަށް ފަހުން ދިވެހި އެއްބައިވަންތަ ކަމުގެ ޕާޓީގެ ނަމުގައި ޕާޓީ އެއް އުފެއްދުމުގެ މަސައްކަތްކުރިޔަށް ގެންގޮސްފައިވެއެވެ.

  1. ަވާޔާ ރެކިހުތާ

    ބިދޭސީ މަސްވެރިންގެ ހައްގު ތަ !!! ކޮންމެ ދޯންޏެއްގަ 15 ބިދޭސީން… ކޮންމެ އެހެންކަަމަކާ އުޅެބާ