ސްކްރީން ރީޑިންގ ސޮފްޓްވެއަރ “ޝާމިލް އަޑު” އެޑިއުކޭޝަން މިނިސްޓްރީން އިފްތިތާހުކޮށްފިއެވެ.
ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޮފްޓްވެއާ އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މިނިސްޓްރީން ވިދާޅުވި ގޮތުގައި މިފަދަ ސޮފްޓްވެއާރ އެއް އުފެއްދުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔެވުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ކުރުމެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ މިއީ ކިޔެވުމުގައި ހުރިހާ ކުދިން ވެސް ބައިވެރިކުރުވުމުގެ މަސައްކަތުގައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ސޮފްޓްވެއަރގައި ހިމެނޭ ފީޗާސްތަކަށް ބަލާލާއިރު:
- ފޯނުގެ މެމަރީއާއި އެއްވަރަށް އެޕުން ބޭނުންކުރާ މިންވަރު ބަދަލުވުން
- ދިވެހި އަދި އިނގިރޭސި ބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔައިދިނުން
- އޮފްލައިންކޮށް ބޭނުންކުރެވުން
- ލިޔަމުންދާ ލިޔުންތައް ވަގުތުން ކިޔައިދިނުން
- ގޫގުލް ޓޯކްބެކްގައި މަސައްކަތްކުރުން
ޖަވާބު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްގީކުރި މި ސޮފްޓްވެއާއަކީ 2024ވަނަ އަހަރާ ހަމައަށް އެކުލަވާލައިފައިވާ އެޑިއުކޭޝަން ސެކްޓާ ޕްލޭންގައި ހިމެނޭ ކަމެކެވެ.
މި ސޮފްޓްވެއާ އެޕް ސްޓޯރާއި، ޕްލޭ ސްޓޯރުގެ އިތުރުން ވިންޑޯސް އަދި އެންވީޑީއޭ ރީޑަރުންވެސް ޑައުންލޯޑުކުރެވޭނެއެވެ.