ފެންޑާ
ހަމުގެ ކުލަ މުޅިން ތަފާތު އެއްމާޑު ދެބެއިންގެ އުފަންވުމާއެކު ގިނަބަޔެއްގެ ސުވާލުތަކެއް!

ނައިޖީރިޔާގެ މަންމަޔަކަށް ހަމުގެ ކުލަ މުޅިންތަފާތު އެއްމާބަޑު ދެކުދިން ލިބުމުން ގަިނަބަޔެއްގެ ސުވާލުތަކެއް މަންމަޔަށް ކުރިމަތި ކުރުވައިފިއެވެ.

ނައިޖީރިޔާގެ ލާގޯސް ގައި ދިރިއުޅެމުން އަންނަ ސްޓެސީ އަދި ބަބާޖިޑޭ ގެ އެއްމާބަނޑު ދެކުދިން ނާއި އެެކު ޖުމްލަ 3 ދަރިން ލިބިފައިވެއެވެ. މި ދެމަފިރިންގެ އެންމާބަޑު ދެ ފިރިހެން ކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހަމުގެ ކުލަ ވަރަށް ބޮޑަށް ތަފާތުވުމުން، ގިނަބަޔެއްގެ ނަޒަރު މިދެކުދިންނަށް އަމާޒުވިއެވެ. މިކަމާއި ގުޅިގެން ކުދިންގެ މަންމަޔަށް ތަފާތު ފާޑު ކިޔުންތައް އަމާޒުވެފައި ވުމުގެ އިތުރުން ކުދިންގެ ބައްޕަޔާއި ގުޅުވައިގެން ގިނަބަޔެއްގެ ސުވާލުތަކެއް ވަނީ ކުރިމަތި ކުރުވާފައެވެ.

އެއްމާބަޑު ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހަމުގެކުލަ މައިންބަފައިންނާއި އެއްގޮތް ކުލައެއް ލިބިފައި ވާއިރު، އަނެއް ކުއްޖާގެ ހަމުގެ ކުލަ ޔޫރަޕްގެ ދޮން މީހުންނާ އެއްގޮތެވެ. ތަފާތު ހަމުގެ ކުލަ ލިބިފައިވާ ޑޭނނިއަލް އަދި ޑޭވިޑް ދުނިޔެއަށް އުފަންވެފައިވަނީ ކުޑަ މިނެޓްކޮޅެއްގެ ތަފާތާ އެކުއެވެ. ޑެނިއަލްގެ ހަމުގެ ކުލަ ކަޅުވެފައި އިސްތަށިގަނޑު އެއްބަޑު އެއްބަފާ 7 އަހަރުގެ ދައްތަ ޑެމިލޭޑް އާއި އެއްގޮތެވެ. ނަމަވެސް ޑޭވިޑް އަށް ލިބިފައިވަނީ ހުނދު ކުލައިގެ ހަންގަނޑަކާއި، އޮރެންޖް އިސްތަށި ގަނޑެކެވެ.

ސްޓެސީ އޭނާގެ އެއްމާބަނޑު ދެކުދިންގެ ފޮޓޯ އިންސްޓަގްރަމްގައި ހިއްސާކުރަމުން ކެޕްޝަނަކަށް، މިއީ އޭނާއަށް ލިބިފައިވާ ވަރަށް ބޮޑު ސަޕްރައިޒެއްގެ ގޮތުގައި ލިޔުއްވާފައި ވެއެވެ. ސްޓެސީގެ މި ޕޯސްޓަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓިފައި ވެއެވެ.

ޑޮކްޓަރުން ފާހަގަކޮށްފައިވާ ގޮތުގައި، އެއްމާބަނޑު ދެކުދިންގެ ހަމުގެ ކުލަ ތަފާތު ވެފައިވަނީ، ޑޭވިޑް އަށް ކުރިމަތިވެފައިވާ ޖެނެޓިކް މައްސަލައެއް ކަމުގައިވާ އަލްބީނިޒަމް (ގައިގެ ހަމުގެ ކުލަ އުފައްދާ މާއްދާ ނެތުމުގެ މައްސަލަ) ގެ ސަބަބުންނެވެ. ޑޮކްޓަރުން ފާހަގަކޮށްފައިވާ ގޮތުގައި މިފަދަ ޖެނެޓިކް މައްސަލަ ކުރިމަތިވަނީ އާންމުގޮތެއްގައި އުފަންވާ ކޮންމެ 20،000 އާ ކުދިންގެ ތެރެއިން އެއް ކުއްޖަކަށެވެ.

އަލްބީނިޒަމް އަކީ، އާއިލީގޮތުން ވާރުތަވާ ޖީންއެއްގެ ސަބަބުން ކުރިމަތިވާ ހަމުގެ މައްސަލައެކެވެ. މިފަދަ މައްސަލަ ކުރިމަތިވެފައިވާ މީހުންގެ ހަށިގަނޑުން، ހަމުގެ ކުލަޔާއި އިސްތަށިގަނޑުގެ ކުލަ އުފައްދާ ޕިގްމެންޓް ކަމުގައިވާ “މެލަނިން” މަދުވުމުގެ ސަބަބުން އެކި ހާލަތްތަކުގައި ގައިގެ ހަމުގެ ކުލަ، އިސްތަށިގަނޑުގެ ކުލަ އަދި ލޮލުގެ ސާފު ހުދުކުލައަށް ބަދަލުވެއެވެ. އަދި އަލްބީނިޒަމްގެ ތަފާތު ވައްތަރު ވެއެވެ.

ނަސީބު ކަންދިމާކޮށަފއިވާގޮތުން މިދެކުދިންނަށް މިފަދަ މައްސަލައެއް ކުރިމަތިވީނަމަވެސް، ގިނަބަޔެއްގެ ލޯތްބާއި ރުހުން ލިބިފައިވާކަން ބައްޕަ ފާހަގަކުރެއެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އަލްބީނިޒަމް ފަދަ މައްސަލަ ކުރިމަތިވާ ގިނަ މީހުންނަށް މީހުންގެ ފުރައްސާރަކުރުން އަދި ނުރުން ކުރިމަތިވެގެން ދެއެވެ.

ތިން ކުދިންގެ މަންމަ ސްޓެސީ ހިއްސާކޮށްފައިވާގޮތުގައި މިދެކުދިންނަށް ކުރިމަތިވެފައިވާ މައްސަލަ ޑޮކްޓަރުންގެ ފަރާތުން އެނގިފައިވާ ހިސާބުން އާއިލާއަށް އެއްވެސް ފުރައްސާރައެއް ނުވަތަ ނުރުހުމެއް އެއްވެސް ފަރާތަކުން ލިބިފައި ނުވެއެވެ. ގިނަބަޔެއްގެ ފަރާތުން ލޯތްބާއި، ހެޔުދުއާ މިދެކުދިންނަށް ލިބެމުންދާކަން ސްޓެސީ ފާހަގަކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!