މަޢުލޫމާތު
ދުނިޔޭގެ އެންމެ އުފާވެރި ޤައުމުތަކުގެ ލިސްޓު ނެރުނުއިރު 87 ވަނައިގައި ދިވެހިރާއްޖެ

ދުނިޔޭގެ އެންމެ އުފާވެރި ޤައުމުތަކުގެ ލިސްޓް 2022 އެކުލަވާލާފައި ވާއިރު، މިލިސްޓުގެ 87 ވަނައިގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ.

ހެޕިއެސްޓް ކަންޓްރީސް އިން ދަ ވޯލްޑް 2022 ބުނާގޮތުން ޤައުމުތަކުގެ ރޭންކިންގ ގައި ދިވެހިރާއްޖެ ހިމެނެނީ 87 ވަނާގައެވެ. އަވަށްޓެރި އިންޑިޔާ އަދި ސްރީލަންކާއަށް ބަލާއިރު، އިންޑިޔާ އަންނަނީ ރޭންކިންގ ގައި 136 ވަނަ އަށެވެ. އަދި ސްރީލަންކާ އައިސްފައިވަނީ، 126 ވަނައަށެވެ.

2002 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ އުފާވެރި ޤައުމުތައް ދެނެގަތުމަށްޓަކައި ދުނިޔޭގެ ހެޕިނެސް ރިޕޯޓުގައި ތަފާސް ހިސާބުގެ ތަޙުލީލުތައް ބޭނުންކޮށްފައި ވެއެވެ. 2021 ވަނަ އަހަރުގެ އަޕްޑޭޓްގައި މި ރިޕޯޓް ނިންމާލާފައިވަނީ ފިންލެންޑަކީ ދުނިޔޭގައި އޮތް އެންމެ އުފާވެރި ގައުމު ކަމަށެވެ. ދުނިޔޭގެ އެންމެ އުފާވެރި ޤައުމު ކަނޑައެޅުމަށްޓަކައި ދިރާސާކުރާ ފަރާތްތަކުން ވަނީ ފާއިތުވި 3 އަހަރު 149 ޤައުމަކުން ވަށާޖެހޭ ގެލަޕް ޕޯލިންގ ޑޭޓާ އެނަލައިޒްކޮށްފައެވެ.

އުފާވެރި ޤައުމުތަށް ރޭންކު ކުރުމަށް، ތަފާތު 6 ދާއިރާއަކުން ޑޭޓާ އެނަލައިޒްކުރެވިފައި ވެއެވެ. އެއީ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށްޖެހޭ މިންވަރު، އިޖްތިމާޢީ ސަޕޯޓް، އެވްރެޖްކޮށް މީހުން ދިރިއުޅެވޭ އުމުރު، އަމިއްލަ ދިރިއުޅުމުގެ ކަންކަން އިޚްތިޔާރު ކުރުމުގެ މިނިވަންކަން، ޢާންމު ރައްޔިތުންގެ ދީލަތިކަން، އަދި އެތެރޭގެ އަދި ބޭރުން ކޮރަޕްޝަނުގެ މިންވަރު ހިމެނެއެވެ.

ދިވެހިރާއްޖޭގެ ގިނަބައެއްގެ ޗުއްޓީ ހޭދަކުރުމަށް ގިނަބައެއްގެ މެދުގައި މަޤުބޫލުކަން ލިބިފައިވާ ތުރުކީ ފަދަ ޤައުމުތަށް އަންނަނީ މިލިސްޓުގެ 102 ވަނައަށެވެ.

ދުނިޔޭގެ އެންމެ އުފާވެރި 5 ޤައުމު

ފިންލެންޑް:

2021 ވަނަ އަހަރުގެ ރިޕޯޓަށް ބިނާކޮށް ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ގޮތުގައި ފިންލެންޑް ރޭންކް ކުރެވިފައިވާއިރު، 10ގެ ސްކޯއަކުން ފިންލެންޑަށް ލިބިފައިވަނީ 7.842 ގެ ސްކޯއެކެވެ. މި ރިޕޯޓުގައި ފިންލެންޑުގެ ރައްޔިތުންނަށް ކޮމިއުނިސްޓް ސަޕޯޓާއި، އެކަކު އަނެކަކަށް ކުރާ އިތުބާރުގެ ވަރުގަދަ އިހްސާސްތަކުގެ ކްރެޑިޓް ދީފައިވަނީ ހަމައެކަނި  1ވަނަ ރޭންކިންގ ކަށަވަރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ނޫންކަމަށާއި، (އެންމެ މުހިންމު ކަމަކީ) މުޅި ދުނިޔެއަށް ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވެދިނުން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ފިންލޭންޑުގެ ރައްޔިތުން ނަކީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ކުރުމުގެ މިނިވަންކަން ލިބިފައިވާ ބައެއްކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވި، ސަރުކާރުގެ ކޮރަޕްޝަނާމެދު ކުޑަވެސް ޝައްކެއް ނުއުފެދެއެވެ. މި ދެ ކަމަކީ ވެސް ޖުމުލަ ގޮތެއްގައި އުފާވެރިކަން ލިއްބައިދޭ ވަރުގަދަ ދެ ކަންތަކެވެ. މިއީ ފިންލެންޑް މިމަޤާމް ކަށަވަރުކުރި ދެވަނަ އަހަރެވެ.

ޑެންމާކް:

ޑެންމާކް ވެގެން ދަނީދުނިޔޭގެ ދެވަނައަށް އެންމެ އުފާވެރި ޤައުމުގެ ގޮތުގައެވެ. ޑެންމާކަށް ލިބިފައިވާ ސްކޯއަކީ 7.620 އެވެ. މި ހަ ވޭރިއޭޝަނަށް ޑެންމާކުގެ ސްކޯތަށް ފިންލެންޑްގެ ސްކޯއާއި އަޅާބަލާއިރު ވަރަށް ވާދަވެރިއެވެ. ޙަޤީޤަތުގައި ޑެންމާކުންވެސް ވަނީ ޖީ.ޑީ.ޕީ ޕަރކެޕިޓާ، ދީލަތިކަމާއި، ކޮރަޕްޝަނުގެ ޢަމަލުތައް މަދުކަމަށް ހީކުރުން، ވަރަށްބޮޑު ކުރިއެރުމެއް ހޯދާފައެވެ. ވަރަށް ކައިރި މުސްތަޤްބަލެއްގައި ޑެންމާކް، އެންމެ މަތީ ރޭންކިންގ އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

ސްވިޒަލޭންޑް:

ދުނިޔޭގެ ތިންވަނައަށް އެންމެ އުފާވެރި ޤައުމުގެ ގޮތުގައި އޮތް ސްވިޒަލޭންޑް ހިމެނިގެންދަނީ 10 ގެ ސްކޯއަކުން 7.571 ލިބިގެންނެވެ. އާންމު ގޮތެއްގައި ސްވިޒަލޭންޑަކީ ވަރަށް ސިއްހަތު ރަނގަޅު މީހުން ދިރިއުޅޭ، ދުނިޔޭގެ އެންމެ ދަށް އެއް އޮބީސިޓީ ރޭޓް އަދި އެންމެ އުމުރު ދިގު މީހުން އުޅޭ ޤައުމެވެ. ސްވިޓްޒަރލޭންޑުގައި ވެސް ވަރަށް މަތީ އަދަދެއްގެ މުސާރައެއް އޮވެއެވެ. އެއީ އެމެރިކާއަށް ވުރެ ގާތްގަނޑަކަށް 75% ބޮޑު މުސާރައެކެވެ. އަދި ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތީ ޤައުމުވެސް މެއެވެ. މީގެ އިތުރުން، ސްވިޓްޒަރލޭންޑްގައި މުޖުތަމަޢުގެ ވަރުގަދަ ބަދަހި ވިސްނުން ގެންގުޅުމާއިއެކު، އެ ޤައުމަކީ ރައްކާތެރި ސާފު ޤައުމެއްކަން ވަރަށް ރަނގަޅަށް ޤަބޫލުކުރެވެއެވެ. އަދި ތަފާސް ހިސާބުން ވެސް މިކަން ސާފުވެއެވެ. އައިސްލޭންޑާއި ޑެންމާކާއެކު ސްވިޓްޒަލޭންޑަކީ ވެސް ދުނިޔޭގެ އެންމެ ރައްކާތެރި އެއް ގައުމެވެ.

އައިސްލޭންޑް:

2021 ވަނަ އަހަރު މުޅި ދުނިޔެއިން ވެސް ހަތަރުވަނައަށް އެންމެ އުފާވެރި ގައުމުގެ ގޮތުގައި އޮތް އިރު، މިފަހަރުވެސް އައިސްލެންޑް ހަތަރުވަނަޔަށް ހޮވިފައިވަނީ 7.554 ސްކޯއަކުންނެވެ. ދުނިޔޭގެ އެންމެ އުފާވެރި ހަތް ގައުމުގެ ތެރޭގައި ހިމެނޭ އައިސްލެންޑަށް އިޖުތިމާއީ ސަޕޯޓް އެންމެ ބޮޑު ޤައުމެވެ. މިއީ ފިންލެންޑާއި ނޯވޭ އަދި ޑެންމާކަށް ވުރެ ވެސް މަތީ އަދަދެކެވެ.

ދުނިޔޭގެ އެންމެ އުފާވެރި ހަތަރު ޤައުމަށް ބަލާއިރު، އައިސްލެންޑަކީ ގަދަ ހަތަރެއްގައި ދީލަތިކަމަށް، ދެވަނައަށް އެންމެ ގިނަ ސްކޯ ލިބިފައިވާ ގައުމެވެ.

ނޯވޭ:

ދުނިޔޭގެ ފަސްވަނައަށް އެންމެ އުފާވެރި ޤައުމުގެ ޝަރަފު ހޯދުމަށް ނޯވޭއިން ނުކުތް ނެދަރލޭންޑްސް (ހޮލެންޑް ގެ ނަމުންވެސް ގިނަ ޓިއުލިޕް ލޯބިވެރިންނަށް ވެސް ކިޔާ) އަށް ލިބިފައިވަނީ 7.464 ގެ ސްކޯއެކެވެ. ނެދަލެންޑްސް އިން ވަނީ އެހެން ގަދަ 5 ގައުމުތަކަށް ވުރެ ދީލަތިކަމުގެ ކެޓަގަރީގައި މަތީ ސްކޯތަކެއް ހޯދާފަ އެވެ.

ދުނިޔޭގެ އުފާވެރި ޤައުމުތަކުގެ ލިސްޓް 2022 ނެރެފައިވާއިރު، އަވަށްޓެރި އިންޑިޔާ، ސްރީ ލަންކާ، އަދި މިފަހަކަށް އައިސް ދިވެހިންގެ ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ތުރުކީ އޮތީ ރޭންކިންގެ ގޮތުން ރާއްޖެއަށްވުރެ ފަހަތުގައެވެ.

އުފާވެރިކަން ހޯދަން ހޯދަން ރާއްޖެ ދޫކޮށް މިޤައުމުތަކަށް ދާންޖެހޭ ސަބަބެއް ނެތްކަން މިރިޕޯޓުންވެސް އެނގިގެންދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!