ވިޔަފާރި
އިޓާލިއަން ފުޑްގެ ރަހަތަކާއެކު ގޯސިޔާ އަލުން ހުޅުވައިފި

އެއް އަހަރުގެ މަރާމާތަކަށް ފަހު ބޮޑު ބަދަލެއް ގެނެސް ތިނަދޫ ގޯސިޔާ ރެސްޓޯރެންޓް އަލުން ހުޅުވައިފިއެވެ. މުޅި ރަށަށް ހުޅުވާލައިގެން ރޭ ބޭއްވި ޚާއްސަ ކެއުމަކާއެކު ރެސްޓޯރެންޓް ހުޅުވުމަށްފަހު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގޯސިޔާގެ ވެރިޔާ ޢުމަރު ވާއިލް މަހުމޫދު ވިދާޅުވީ އަލުން ގޯސިޔާ ހުޅުވިގެން މިދިޔައީ މުޅި ހުވަދު އަތޮޅަށް އާ ރަހަތަކެއް ތައާރަފު ކުރުމާއެކު ކަމަށާއި އެގޮތުން ފާހަގަ ކޮށްލެވޭ އެއް ރަހައަކީ މަޝްހޫރު އިޓާލިއަން ފުޑްގެ ރަހަތައް ކަމަށެވެ.

އަދި ގޯސިޔާއިން ތައްޔާރު ކުރާ ވަރަށް ގިނަ އާބާވަތްތަކުގައި އެރަހަތައް ހުންނާނެ ކަމަށް ވާއިލް ވިދާޅުވިއެވެ.

“މި ގެނެވުނީ ވަރަށް ބޮޑު ބަދަލެއް. މުޅި މާހައުލު ވަނީ ބަދަލުވެފަ. ކާބޯތަކެތީގެ ބާވަތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ. އޭގެތެރޭގައި ބަދަލު ނުގެނެސް ހުންނާނީ ކުރިންވެސް ގޯސިޔާ ގައި ތައްޔާރުކުރި, އާންމުގެ މަޤުބޫލުކަން ހޯދާފައިވާ ކެއުންތަކާ ހެދިކާ” ވާއިލް ވިދާޅުވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ވާއިލް ވިދާޅުވީ ކުރިއެކޭ ވެސް އެއްފަދައިން މިހާރުވެސް ޑެލިވަރީ ޚިދުމަތާއި ކޭޓަރިންގގެ ޚިދުމަތް ބަރާބަރަށް ކުރިޔަށް ގެންދާނެކަށެވެ. އަދި ގޯސިޔާގެ އެއްވެސް ޚިދުމަތަކުން ސަރވިސް ޗަރޖް ނުނަގާނެކަން ފާހަގަ ކުރައްވަމުން ވާއިލް ވިދާޅުވީ ބޭނުމަކީ ކަސްޓަމަރުންގެ ޖީބަށް ބަރު ނުވާނެހެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުން ކަމަށެވެ.

ގޯސިޔާ އަލުން ހުޅުވިއިރު ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރެވޭ ވަރަށް ބަދަލު ގެނެސްފައިވާނެ ކަމަށް ވާއިލް ވިދާޅުވިއެވެ. ގދ ތިނަދޫގެ އިތުރުން ތިނަދޫއަށް ޒިޔާރަތްކުރާ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނަށްވެސް ވަރަށް ކަމުދާ ތަނެއްގެ ގޮތުގައި ފާހަގަ ވެފައިވާ ގޯސިޔާ އަލުން ހުޅުވިއިރު އެތަނަށް ވަނީ ވަރަށް ބޮޑެތި ބަދަލު ގެނެސްފައި ކަން ފާހަގަކުރެވެއެވެ.

އެގޮތުން ޒުވާނުންނަށް ޚާއްޞަ މާހައުލުތަކުގެ އިތުރުން ގިނަ ބަޔަކަށް އެއްފަހަރާ ތިބެވޭގޮތަށް ބޮޑު ޓެރަހެއް ބޮޑު ސްކްރީނުގައި ފުޓްބޯޅަ މެޗްތައް ބާލާލެވޭ ގޮތަށް ހެދިފައިވާއިރު ފެމިލީ ރޫމު ވެސް ވަނީ އިތުރަށް ފުރިހަމަ ކޮށްފައެވެ.

މީގެ އިތުރުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބަދަލަކީ ތަނުގެ އިންޓީރިއާ އަށް ގެނެސްފައިވާ ތަފާތު ބަދަލެވެ. ގޯސިޔާ މިފަހަރު ހުޅުވާފައި 300 މީހުންނަށް އެއްފަހަރާ ޚިދުމަތް ދެވޭ ގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!