ޚަބަރު
ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭންޖެހޭ ގިނަގުނަ ސަބަބު އެބަހުރި – ސައުދުﷲ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރިކަމަށް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ކުރީގެ ޗެއަރމަން، އަދި މޯލްޑިވްސް ޓްރޭޑިންގ ޔޫނިއަންގެ ވައިސް ޕްރެޒިޑެންޓް ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް އައީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ކަމަށާއި، އެމަނިކުފާނު ވެރިކަމުގެ ދައުރު ނިންމާލާނީ އެގޮތުގައި ހުރެކަން ވަރަށް ސާފުކަމަށެެވެ.

އަދި މިސަރުކާރުން ބަލަމުންގެންދަނީ، ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް އުފާވެރި ދިރިއުޅުމަކަށް ކަމަށާއި، ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭންޖެހޭ ގިނަގުނަ ސަބަބު އެބަހުރި ކަމަށެވެ.

މިކަމާއި ގުޅިގެން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ސައުދުﷲ ވިދާޅުވީ، ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދޭންޖެހޭ އެންމެ ބޮޑު އެއްސަބަބަކީ، މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19 ގެ ހާލަތުގައި ދުނިޔޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔަ ނަމަވެސް ދިވެހިރާއްޖޭގެ އިގްތިސޯދު ދަށަށް ދިޔަނުދީ ހިފެހެއްޓުމުން ކަމަށެވެ.

އަދި ރައީސް ސޯލިހު ވެރިކަމަށް އައީ ވަރަށް ގިނަ ބައެއްގެ އެހީ ލިބިގެން ކަމަށާއި، ރައްޔިތުންނާއި ގައުމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުންނާއި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ރައީސް ކުރައްވާ މަސައްކަތަކީވެސް ބަލައިގަންނަން ޖެހޭ މަސައްކަތެއް ކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހުއަކީ ވައުދުތައްވެ އެވައުދުތައް ފުއްދުމުގައި ނުހަނު ބުރަކޮށް މަސައްކަތް ކުރައްވާ ރައީސެއް ކަމަށާއި، ދެން އަންނަ ދައުރަކަށް ރައީސް ސޯލިހު އައްޔަންކުރައްވަން ކޮންމެހެންވެސް ޖެހޭ ކަމަށެވެ.

  1. ދިވެހި ދަރިއެއް

    ގައުމައް ޣައްދާރު ވާ ޣައްދާރަކައް، ގައުމައް ޚިޔާނަތްތެރިވާ ޚާއިނަކު އެންމެ ދުވަހަކު ވެރިކަމުގައި ހުރުމީވެސް ގައުމީ ސަލާމަތައް އޮތްބޮޑުނުރައްކަލެއް .ތިޔަ ޚައިނުންވަނީި ގައުމު އިންޑިއާ ގެ އަޅުވެތޮކަމުގެ ތެރެއަށް ވައްޓަލާ ރިސްވަތުގެ ގޮތުންިލއޏުން ފައިސާ ނަގާ އަމިއްލަ އެކައުންޓްތައް ފުރާފައި.. ކޮވިޑް ގެ ނަމުގައި ބައިތުލްމާލުން 32 ބިލިއަނަށް ވުރެ ފައިސާއިން ވައްކޏް ކޮއްފައި.