ޚަބަރު
ފެނަކަ ސައީދު އިޚްލާސްތެރިވާނީ މަގާމާއި ލާރިއަށް އެކަނި – ސައުދުﷲ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު، އިޚްލާސްތެރިވާނި މަގާމާއި ފައިސާއަށް އެކަނި ކަމަށާއި، އޭނާއަކީ އެނޫން އެއްވެސް މީހަކަށް ނުވަތަ ކަމަކަށް އިޚްލާސްތެރިވާނެ މީހެއް ނޫންކަމަށް، ކުރީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕަރސަން އިންތިހާބާއި ގުޅިގެން ފެނަކައިގެ ބައެއް މުވައްޒަފުންނަށް ބިރުދައްކައި ވަޒީފާތަކުން ބައެއް މީހުން ވަކިކުރަމުންދާ މައްސަލައިގައި ރައީސް ނަޝީދު ފެނަކަ ސައީދުއަށް ދެއްވި ބަހުގެ ހަމަލާތަކެއް ފެންނަ ސްކްރީންޝޮޓް ތަކެއް ޓުވިޓާގައި ހިއްސާކޮށްފައެވެ.

އެގޮތުން ސައުދުﷲ ވިދާޅުވީ، ފެނަކަ ސައީދު ނުފޫޒު ބޭނުންކޮށްގެން މީހުން ވަޒީފާއިން ވަކިކުރާ ވާހަކަ ރައީސް ނަޝީދަށް މީގެ ކުރިން ދެންނެވުމުން އެކަން އެމަނިކުފާނަށް ގަބޫލެއް ނުކުރެވުނު ކަމަށެވެ.

މިވާހަކަ އަހަރެމެން ކުރިން ދެއްކީމަ ރައީސް ނަޝީދުއަށްވެސް ގަބޫލު ނުކުރެވުނު. ސައީދު އަކީ އެކަކަށްވެސް އިޚްލާސްތެރިވާނެ މީހެއް ނޫން. އޭނާ އިޚްލާސްތެރިވާނީ މަގާމާއި ލާރިއަށް – ސައުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ، ފެނަކަ ސައީދުގެ މަކަރާއި ހީލަތާއި އަނިޔާވެރިކަން ހާމަވަމުންދާތީ އެކަމާއި އުފާކުރާ ކަމަށާއި، އޭނާ އަށް ވަޒީފާ ދީފައިވަނީ ވެސް ގޯސްކޮށް ކަމަށެވެ.

ސައުދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިންވެސް ސިޔާސީ އެކި ބޭނުންތަކަށް ވަކި ބައެއްގެ ނުފޫޒުން ފެނަކައިގެ ބައެއް މުވައްޒަފުން ވަޒީފާތަކުން ވަކިކުރާކަމުގެ ވާހަކަތައް އަބަދުވެސް ދެކެވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!