ޚަބަރު
މެމްބަރުން ހެއްވާލެވެން އޮތީ ޕާޓީ ހިންގާލައިގެން، ފައްޔާޒް ހޮވަން ޖެހެނީ މިސަބަބާހުރެ – މޫކޭ

މެމްބަރުން ހެއްވާލަން އޮތީ ޕާޓީ ހިންގާލައިގެން ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ހޮވަން ޖެހެނީ ފައްޔާޒް އިސްމާއިލް ކަމުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގެ މެނޭޖިންގ ޑިރެކްޓަރ އުސްތާޛު މޫސާ އަލިމަނިކު ވިދާޅުވެއްޖެއެވެ.

މޫކޭ މިހެން ވިދާޅުވީ، ދާދިފަހުން ފައްޔާޒްގެ ކެމްޕެއިންއަށް ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި ހުވަދޫ ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. އެގޮތުން އޭނާ ވިދާޅުވީ، ފައްޔާޒް އަށް ސަޕޯޓު ކުރަނީ އެމްޑީޕީގެ އިދާރީ ހިންގުން ހިންގާލެވޭނެ ކަހަލަ މީހަކަށް ހުންނެވީ ފައްޔާޒް ކަމަށްވުމުން ކަމަށެވެ.

އެގޮތުން ފައްޔާޒް ހޮވަންޖެހޭ ބައިވަރު ސަބަބުތަކެއް ހުރި ކަމަށާއި، އޭގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕާޓީ ހިންގާލުން ފާހަގަކޮށް މޫކޭ ވިދާޅުވީ، ޕާޓީގެ އިދާރީ ހިންގުން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށާއި، ކޮމިޓީތައް އެކުލަވާލެވިފައިވީ ނަމަވެސް ބައެއް ކޮމިޓީތަކަށް ނުވެސް ނެތް ކަމަށެވެ. އަދި ޕާޓީއަށް ހުށަހަޅާ ފޯމުތަކަށް ވާނުވާ ނޭގި ގެއްލޭ ކަމަށާއި، މެމްބަރުންގެ ދަފްތަރު ބަލަންޖެހޭ ވަރަށް ނުބެލެހެއްޓޭ ކަމަށެވެ. އަދި ދާއިރާތަކުގައި އޮންނަ ޝަކުވާތަކަށް އެޓެންޑް ނުކުރެވޭ ކަމަށާއި އެކަންތަކަށް ހައްލު ހޯދައި ނުދެވޭތީ ޕާޓީ ހިންގާލުމަށް ކޮންމެހެންވެސް ފައްޔާޒް ހޮވަންޖެހޭ ކަމަށެވެ.

މެމްބަރުން އެބަޖެހޭ ހެއްވާލަން. މިހާރު ވަރަށް ބޮޑަށް މާޔޫސްވެފަ މެމްބަރުން ތިއްބެވީ. އަޅުގަނޑުމެންނަށް ފެންނާނެ ސަރުކާރުން ކުރަމުންދާ މަސަައްކަތްތައް. ވަޒީފާގެ ފުރުސަތުތައް ބައިވަރު ހުޅުވާލެވިއްޖެ. އަދި ޕްރޮޖެކްޓްތަކަށް ބެލިޔަސް ވެފައިވާ ވައުދުތަކަށް ވުރެ ބޮޑަށް އެކަންތައް އެބަ ފުއްދާލެވޭ މިއާލަމީ ވަބާގެ ތެރޭގައިވެސް – މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ، ސީދާ ގޮތުން ރައްޔިތުންނަށް ފައިދާކުރާނެ ބައިވަރު ކަންތައް މިހާރުވެސް ސަރުކާރުން ކުރެވިއްޖެ ކަމަށާއި، އެހެން ނަމަވެސް މެމްބަރުންނަކަށް ނުއެއް ހެވޭ ކަމަށާއި، މާޔޫސްކަމެއް ނުފިލާކަމަށެވެ. އެކަން ވާން އޮތީ ޕާޓީ ހިންގާލައިގެން ކަމަށެވެ. އެހެން ކަމުން ޕާޓީ ހިންގާލަން އެބަޖެހޭ ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!