ޚަބަރު
ޓޭޑް އިން ތިނަދޫގައި ގާއިމުކުރާ ބާބެކިއު އޭރިޔާގެ މަސައްކަތް ފަށައިފި

ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވަރމެންޓް (ޓޭޑް)ގެ ފަރާތުން ތިނަދޫގެ ރައްޔިތުންނަށް ދޭ ފުރަތަަމަ ހަދިޔާ އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ފަންޑްކޮށްގެން ތިނަދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ ބާބެކިޔު އޭރިއާއެވެ.

ޓޭޑްގެ ރައީސް އިނާޒު މުހައްމަދު މައުލޫމާތުދެއްވި ގޮތުގައި މިހާރު މިމަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށާއި އެގޮތުން ތިނަދޫ ކައުންސިލުން ދެއްވާފައިވާ ބިމުގެ އިންފާރު ވަކިކުރުމަށްޓަކައި ޖަހަންޖެހޭ ތަބުތައް ޖެހުމަށް ބޭނުންވާ ތައްގަޑުތައް ނިމި އިރާދަކުރެއްވިއްޔާ މާދަމާ ބުޑު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ޓޭޑް އިން ތިނަދޫގައި ތަރައްގީކުރާ ބާބެކިއު އޭރިއާގެ އަމަލީ މަސައްކަތް އެޖަމްޢިއްޔާގެ މެމްބަރުން ކުރިއަށް ގެންދަނީ

އިނާޒް ވިދާޅުވީ، ތިނަދޫގައި ބާބެކިއު ހަދާނެ ތަނެއް ތަރައްޤީކުރުމުގެ މަޤްސަދަކީ ތިނަދޫގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި ރަހްމަތްތެރިންނާއި ބައްދަލުކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އެތަނުގެ ސަބަބުން އެކުވެރިންނާއި ގާތްތިމާގެ މީހުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. ތިނަދޫ އަކީ އަތޮޅުގެ ވެރިކަން ކުރާރަށަށްވެ ތިނަދޫގައި ޤުދުރަތީ ހިތްގައިމުކަމާއެކީ އެކުވެރި އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލާނެ ތަނެއް ނެތުމަކީ މިފަދަ މާހައުލަކަށް ބޭނުންވާ މުހިންމު ސަބަބު ކަމުގައިވެސް އިނާޒު ވިދާޅުވިއެވެ.

މިމަސައްކަތަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެއްކަމަށް ޓޭޑްގެ ރައީސް އިނާޒު ވިދާޅުވިއެވެ. މިގޮތުން ފުރަތަމަ ބައިގައި ބާބެކިއު ހެދުމަށް 4 ގްރިލް އާއި 4 ބީޗް ބެންޗް ތައްޔާރުކޮށް އެތަނަށް ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސޭނެއެވެ. ދެވަނަ ބައިގައި 15-15ފޫޓްގެ ކުޑަ ފިހާރައަކާއެކީ 2 ފާހާނާ (އަންހެން، ފިރިހެން) އިމާރާތް ކުރެވޭނެއެވެ. ތިންވަނަ ބައިގައި ކުޑަކުދިން ހިތްއުފާކޮށްލާނެ ކުޅޭ ސަރަހައްދެއް ތައްޔާރުކުރުމެވެ.

ޓޭޑްގެ އަމާޒަކީ އޭޕްރިލް މަސް ނިމެންވާއިރަށް ފުރަތަމަ ފޭސްގެ މަސައްކަތް ނިންމުމެވެ. ފުރަތަމަ ފޭސްގައި ހިމެނޭ ބާބެކިއު ގްރިލްތަކާއި ބެންޗްތައް އަދި މިސަރަހައްދު އަލިކުރުމުގެ މަސައްކަތަކީ ޔޫތް މިނިސްޓްރީގެ އެހީގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. ބާކީހުރި މަސައްކަތްތަކަކީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކު ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކެކެވެ.

އިނާޒު މައުލޫމާތު ދެއްވިގޮތުގައި އެހީތެރިކަން ދެއްވުމަށް ބޭނުންފުޅުވެލައްވާ އެންމެހާ ފަރާތްތަކަށްވެސް އެފުރުސަތު ހުޅުވިފައިވާކަމަށެވެ. މިހާރު ކުރިއަށްދާ މަސައްކަތުގައިވެސް ޖަމްއިއްޔާގެ މެންބަރުންނާއި ތިނަދޫގެ ޒުވާނުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި ދެއްވާ އެއްބާރުލުން ބަލައިގަންނަކަމަށާއި އެފަރާތްތަކަށް ޓޭޑްގެ ނަމުގައާއި އިނާޒުގެ އަމިއްލަ ނަމުގައި ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ޓޭޑް އިން ކުރިއަށްގެންދާ ހުރިހާ ހަރަކާތެއްގައިވެސް ތިނަދޫ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމުގައި ޔަޤީން ކުރައްވާ ކަމުގައެވެ.

  1. ތިނަދޫ

    ތިނޫން ތަނެއްގައި ތި ބާބެކިއު އޭރިއާ ހަދަން ނޭގުނީތަ. ތި ހަމަ ވޭސްޓްއެއް…