ޚަބަރު
“ގޭތެރޭގެ މަސައްކަތުގައި ފިރިމީހާ ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ”

ގޭގެ މަސައްކަތުގައި ފިރިމީހާ ހިއްސާވާނަމަ އަންހެނުންގެ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޝަރަފްވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ޝިއާރުތައް ކަނޑައަޅާކަމަށެވެ. ނަމަވެސް އެފަދަ ޝިއާރުތަކަކީ ހަމައެކަނި ބަސްތަކެއްގެ ބަދަލުގައި، އެކަމާއި މެދު ވިސްނައި، ފިޔަވަޅު އަޅާ، ނަތީޖާ ނެރޭ ބަސްތަކަކަށް ހަދަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެެ.

އިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން– :ފޮޓޯ:ޕީއެސްއެމް

ރައީސްގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ދެމެހެއްޓެނެވި ތަރައްގީއަށް އަންހެނުންގެ ދައުރުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ވާހަކަފުޅުގައި ގޭތެރޭގެ ކަންކަމުގައި ފިރިމީހާގެ ހިއްސާވެސް މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ގޭތެރޭގައި ފިރިމީހާގެ ހިއްސާ އޮންނަނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެކަން ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ މިއަހަރުގެ ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފައެވެ. ‏އޭގޮތުން 2022 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ ރައީސުލްޖުމްޖޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުއެވެ. އަދި ‏2022 ވަނަ އަހަރު ރެހެންދި އެވޯޑު ޙާޞިލުކޮށްފައިވާ ފަރާތްތަކަށް، ބުރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުއެވެ.

މިރަސްމިއްޔާތުގައި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!