ޚަބަރު
އެމްޑީޕީއަށް ބޭނުމީ ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއް: ޝިފާއު

އެމްޑީޕީގެ ލީޑަޝިޕަށް ބޭނުން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ފަދަ ގަޓު ހުންނަ ބޭފުޅެއް ކަމަށާއި، ގޯހަށް ގޯހޭ ބުނަން ކެރޭ ބޭފުޅެއް ކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

ރޭ “ސަންގު ޓީވީ” ގައި ވާހަކަދައްކަމުން ޝިފާއު ވިދާޅުވީ އެމްޑީޕީ އަކީ ވަރަށް މުހިއްމު އަސާސްތަކެއްގެ މައްޗަށް އުފެދިފައި އޮތް ޕާޓީއެއް ކަމަށެވެ. އެގޮތުން ފައްޔާޒް އިސްމާޢީލް ޗެއާޕާސަނަކަށް އިންތިހާބުވެއްޖެނަމަ ޕާޓީގެ އުސޫލުތައް ހިފަހައްޓާ ބޭފުޅަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއި ވިދާޅުވީ، ޕާޓީގެ އާންމު މެމްބަރުން ގަބޫލުކުރާ އަސާސްތަކުގެ މަތީގައި މި ޕާޓީ ހިންގުމުގެ ގަޓު ފައްޔާޒްގެ ކިބައިގައި ހުންނާނެ ކަމަށާއި، ގޯހަށް ގޯހޭ ބުނަންކެރޭ ހިތްވަރު ހުރި ބޭފުޅަކަށް ފައްޔާޒް ވާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ލީޑާރޝިފް ރަނގަޅަށް ހިންގާލާނެ ބޭފުޅަކު މިދިޔަ ތިން އަހަރުގެ ތެރޭގައި ނެތް ކަމަށާއި، ރަށްތަކުގައި ސަރުކާރުން މިއަދު ހިންގާ މަޝްރޫއުތައް އެނގޭ އެމްޑީޕީގެ އާންމު މެމްބަރުންވެސް ވަރަށް މަދު ކަމަށެވެ. އެހެންކަމުން މިކަންކަން ރަނގަޅުކުރަން ބޭނުންވަނީ ޕާޓީ ހިންގާލާނެ ލީޑާރޝިޕެއް ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޗެއާރޕާސަން އިންތިޚާބު ބާއްވާއިރު ޗެއާޕާސަން ކަމަށް ފައްޔާޒުގެ އިތުރުން ދެން ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!