ޚަބަރު
ދެކުނުގެ ފަރުތަކުގެ ގާ ހުދުވާނަމަ ރިޕޯޓުކުރުމަށް އަންގައިފި

ކަނޑުތައް ހޫނުވުމުގެ މައްސަލަ ކުރިމަތިވެ ފަރުތައް ހުދުވުމުގެ ފުރުސަތު ބޮޑުވެފައިވާތީ ދެކުނުގެ ފަރުތަކުގެ ގާ ހުދުވުމުގެ ޙާދިސާތައް ހިނގާނަމަ ރިޕޯޓުކުރުމަށް މެރިން ރިސަރޗް އިންސްޓިޓިއުޓުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓުން ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ކަނޑުތަކުގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ފަރުތައް ސްޓްރެސްވެ، ގާ ހުދުވުމުގެ ފުރުސަތު މިދުވަސްވަރު ބޮޑުވެފައިވާކަމަށެވެ. މެރިން ރިސަރޗް އިންސްޓިޓިއުޓުން ވަނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދެކުނުގެ ސަރަޙައްދުގެ ކަނޑުތަކުގެ ފިނިހޫނުމިން ކަންބޮޑުވާ ދަރަޖައަކަށް ދާނެކަމަށް ލަފާކޮށްފައެވެ.

ނޭޝަނަލް އެންވަޔަރަމެންޓަލް ސެޓްލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސްއިން ދައްކާގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އޮތީ ގާ ހުދުވުމުގެ ގިންތި ކުރާ މިންގަނޑަށް ބަލާއިރު، ވޮޗްލެވެލްގައެވެ.

އެގޮތުން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި މި ލެވެލް ރާއްޖޭގެ ދެކުނުގެ ކަނޑުތަކުގެ ވޯނިންގ ލެވެލްއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ޑޭޓާއިން ދައްކައެވެ. އަދި ކުރިއަށްއޮތް 9 ހަފްތާއާއި 12 ހަފްތާގެ ދެމެދު ހުވަދު އަތޮޅުން ފެށިގެން ދެކުނުގެ ސަރަޙައްދުތަކުގައި މި ގިންތި އެލާޓް ލެވެލް 1 އަށް އަރާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މޯލްޑިވްސް ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އިން ހާމަކުރާ ގޮތުގައި ފަރުތަކަކީ ސީދާ ގޮތުން ރާއްޖޭގެ އިޤްތިޞާދާއި ގުޅިފައިވާކަމަކަށްވާތީ ފަރުތަކުގެ ގާތައް ހުދުވުމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!