ޚަބަރު
މިނިސްޓަރަކަށް ހުރެ މަލީހްގެ އޮފީސް މަރާމާތު ކުރަން 795000 ރުފިޔާ ހޭދަކުރި: އޮޑިޓް

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރުގެ މަގާމުގައި މުހައްމަދު މަލީހް ޖަމާލް ހުންނެވިއިރު އެ މިނިސްޓްރީގައި އޭނާގެ ކޮޓަރިކޮޅާއި އެތަނާއި ގުޅުވައިގެން ހަމަ އެޑިޒައިނާއި އެއްގޮތަށް ބްލޮކްބީ މަރާމާތު ކުރުމަށް 795،000ރ. ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުން ކޮމިޔުނިކޭޝަން މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިނިސްޓަރު ކަމުގެ މަގާމުގައި 2019 ވަނަ އަހަރު ހުންނަވައި މިނިސްޓްރީ ހިންގާ އިމާރާތުގެ ބީ ބްލޮކް މަރާމާތުކުރުމަށް 795،000 ރުފިޔާއަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށް، އެމަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެމަސައްކަތް ހަވާލުކޮށްފައިވަނީ 25 ދުވަހުގެ މުއްދަތެއްގައި ނިންމާ ގޮތަށެވެ. އެހެން ނަމަވެސް އެމަސައްކަތް ނިނިމި އަހަރަކަށްވުރެ ގިނަ ދުވަހަށް ދިގުލައިގެން ދިޔައެވެ. އެހެން ނަމަވެސް އެއްބަސްވުމުގައިވާ ތާރީޚަށް މަސައްކަތް ނިމިފައިނުވާއިރު މުއްދަތު އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތުން އެދިފައިވާކަން އެނގެން ނެތްކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިމިފައިނުވާއިރު މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތަށް ލަސްވުމުގެ އަގަށްވާ ޖުމްލަ 119،250 ރުފިޔާ އުނިކޮށްފައެއް ނުވެއެވެ،

މީގެއިތުރުން މިމައްސަލަ 10 ސެޕްޓެމްބަރ 2020 ވަނަ ދުވަހު އޮޑިޓަރުން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން މިނިސްޓްރީން ވަނީ ލިކިއުޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 9834 ރުފިޔާ އުނިކޮށްފައެވެ. އެހެން ނަމަވެސް މިއަދަދަކީ ލިކުއެޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ހަގީގަތުގައި ދައްކަންޖެހޭ އަދަދު ނޫންކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މިމަސައްކަތުގެ އިތުރުން ސްކޯޕްގެ ތެރޭގައި ނުހިމެނޭ އިތުރު މަސައްކަތެއް އިއުލާނުނުކޮށް ހަމަ އެފަރާތާއި ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ މަސައްކަތުގެ މުއްދަތު ހަމަވިފަހުންކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!