ޚަބަރު
ދޯސާއާއި ލައްޑޫއާއި، ބޮޑު ހިލައިން ދިވެހި ދިދަ އަގު ނުކުރެވޭނެ: ސައީދު

ދިވެހި ދިދަ އަގު ކުރަނީ ދޯސާއާއި، ލައްޑޫއާއި ކުކުޅު ބިހަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން ހުއްޓުވުމަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ، ނުރައްކާތެރި އެއްބަސްވުންތަކުގައި ސޮއިކޮށްގެން، ގައުމުގެ މިނިވަންކަން ނުރައްކަލުގެ ތެރެއަށް ހުށަހަޅާފައި އޮތް އޮތުން، ކުށްވެރި ކުރުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތަކުވެސް، ނުކުމެ އަޑު އުފުލަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ސައިދު ވިދާޅުވި ގޮތުގައި، ދޯސާއާއި ލައްޑޫއާއި، ބޮޑު ހިލައިން ދިވެހި ދިދަ އަގު ނުކުރެވޭނެ ކަމަށާއި، ދިވެހި ދިދަ އަގު ކުރަނީ ކާބަފައިން އެ ދިދައަށް ދިން އަގާއި އެ ދިދައަށް ކުރި ސަލާމާއި، ދިދައިގެ ހުރުމަތް ދެމެހެއްޓި ދެމެހެއްޓުމުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!