ޚަބަރު
ފުލުހުން ބުނީ އެެއްވުން ބާއްވަނީ ކުށްކުރާ ގުރޫޕްތަކާއި ގުޅިގެން ކަމަށް!

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބާއްވާ އެއްވުމަކީ އަތޮޅު ތެރެއިން މީހުން ގެނެސް، މާލޭގެ ކުށްކުރާ ގްރޫޕްތަކާއި ގުޅިގެން ހަމަނުޖެހުން ހިންގުމަށް ބާއްވާ އެއްވުމެއް ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހު ހަވީރު 4 އިން ފެށިގެން އިރުއޮއްސި 6 އަށް، މާލޭގެ މަގުތަކާއި، ޕީޕީއެމް ޕާޓީ އޮފީސް ސަރަޙައްދާއި، ކާނިވާ ސަރަޙައްދާއި، ރަސްފަންނު ސަރަޙައްދާއި، ބޮޑުތަކުރުފާނު މަގާއި، މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށްބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމާއި މިފަދަ އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުޞަތު ބޮޑުވުމުގެ ސަބަބުން، މިއެއްވުން ނުބޭއްވުމަށް އަންގާފައި ވާކަމަށެވެ.

ފުލުހުން ބުނެފައިވަނީ މަޢުލޫމާތު ލިބިފައިވާގޮތުގައި، މި އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަގޮތަށް ވަނީ ހަމަޖެހިފައި ކަމަށާއި، އަދި ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި ޢާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސްއެޅޭގޮތަށް ކަންތައްތައް ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތުން ދަނީ ރާވަމުންް ކަމަށެވެ.

ހުކުރު ދުވަހު ހަވީރު ޕީޕީއެމް ގެ ފަރާތުން މާލޭގައި ބާއްވަން ހަމަޖައްސާފައިވާ އެއްވުމަކީ، ޞުލްޙަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމަކަށް ނުވާތީ، މިއެއްވުން ނުބޭއްވުމަށް އެޕާޓީއަށް އެންގުމާއެކު، މިއެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ޤާނޫނާ ޚިލާފަށް އެއްވުން ބޭއްވުމަށް ފުރުޞަތު ނުދޭނެކަމަށާއި، މިއެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުވާކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުނުން ވަނީ ބުނެފައެވެ.

އިދިކޮޅު ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ޤާނޫނު އަސާސީން އެއްވެ އުޅުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށެވެ. އެހެންކަމުން ހުކުރު ދުވަހު މިހަރަކާތް އޮންނާނެކަމަށް ހީނާ ވިދާޅުވިއެވެ. އަދި ފުލުހުން ކުރި ތުހުމަތު ތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ތުހުމަތު ތަކެއްކަމަށް ހީނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މި ނޫންވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!