ޚަބަރު
ނަޝީދުގެ ގާނޫނީ ވަކީލް، މެމްބަރު ހިސާންގެ ތާއީދު ފައްޔާޒަށް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ތާއީދުވެސް ކުރިޔަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި އޮތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށްކަން ދައްކަވާލައިފިއެވެ.

ހިސާން ހުސެއިންވަނީ ފައްޔާޒަށް އޭނާގެ ތާއީދުއޮތްކަން ތަމްސީލު ކޮށްދެއްވަމުން، ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްުރާހީމް ވަހީދާއެކީ، ފައްޔާޒު އިސްމާއިލްގެ ކެނޑިޑޭޓް ނަމްބަރު 2 ދައްކަވަމުން ފޮޓޯ ނަންގަވާ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ. ފައްޔާޒުގެ ކެމްޕޭން ޓީމު މިއަދުވަނީ ތުޅާދޫއަށް ޒިޔާރަތް ކޮށްފައެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއަކީ، ޖުޑީސަލް ސާވިސްގެ ކޮމިޝަންގެ ރައީސްވެސްމެއެވެ. އަދި ފާއިތުވެދިޔަ އަހަރު ހިސާން ސްޕޮންސަރ ކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިގެންދިޔަ ނަފްރަތުގެ ބިލް ވެގެންދިޔައީ، ރައްޔިތުންގެ މަޖިލިހުގެ ސުޕަރ މެޖޯރިޓީ ދެ ބަޔަކަށް ބެހި، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕް ފާޅުކަން ބޮޑު ގޮތެއްގައި ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރަންފެށި އަސްލު ސަބަބު ކަމުގައެވެ. އަދި މަޖިލިހުގެ ތެރޭގައި އުފެދިގެންދިޔަ ޚިޔާލުތަފާތުވުން ތަކުގައި ހިސާން އޭރު ހުންނަވާފައިވަނީ ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރައްވައިގެންނެވެ.

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގައި ވާދަ ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި މި ވާދަވެރި ކެމްޕޭންގައި ރައީސް ސާލިހުގެ ތާއީދު ފައްޔާޒު އިސްމާއިލަށް އޮތްއިރު، ނަޝިދު ވަނީ އިމްތިޔާޒު ފަހުމީއަށް ތާޢީދު ކުރައްވާކަން ހާމަކޮށް، ކެމްޕޭނުގައި އެއްވެސް މުވައްޒިފަކަށް ވަޒީފާގެ ބިރު ދައްކައިފިނަމަ، ފާޅުގައި އިމްތިޔާޒު ފަހުމީގެ ކެމްޕޭންގައި ނިކުންނަވާނޭ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

އަންނަ ރޯދައިގެ ފަހުން ބޭވުމަށް މިހާރު ހަމަޖެހިފައިވާ މިއިންތިޚާބުގައި، ސަރުކާރުގެ ވަޒީރުންނާއި، ގިނަ މަޖިލިސް މެމްބަރުންނާއި، ޕާޓީގެ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުންނާއި، ކުންފުނިޔަކުގެ އިސްވެރިންނާއި އަދި ސިޔާސީ މަގާމްތަކު ތިއްބެވި ގިނަ ފަރާތްތަކުންވެސް ދަނީ އަމަލީގޮތުން ގެންދަނީ ފައްޔާޒުގެ ކެމްޕޭންގައި ހަރަކާތްތެރި ވަމުންނެވެ.

އަދި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ، ނަޝީދުގެ އަރިސް ގިނަ ބޭފުޅުން އަމަލީގޮތުން ކެމްޕޭން ކުރައްވަމުން ގެންދަވަނީ އިމްތިޔާޒު ފަހުމީއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!