ދުނިޔެ
މިހާތަނަށް ރަޝިއާގެ 15،000 އަށްވުރެ ގިނަ ސިފައިން މަރުވެއްޖެ: ޔޫކުރެއިން

ރަޝިއާއިން ފާއިތުވި ފެބުރުއަރީމަހުގެ 24ވަނަ ދުވަހު ޔޫކުރެއިންއަށް އުދުވާނީ ހަމަލާ ދޭން ފެށިފަހުން މިހާތަނަށް ރަޝިއާއގެ 15،000 ސިފައިން ހަނގުރާމާގައި މަރުވެފައިވާ ކަމަށް ޔޫކުރެއިންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޔޫކުރެއިންގެ ޑިފެންސް މިނިސްޓްރީ ހާމަ ކޮށްފައިވާ ގޮތުގައި، މިހާތަނަށް ރަޝިއާގެ 509 ޓޭންކާއި، 1،556 ހަތިޔާރު އެޅި އުޅަނދާއި، 252 އާރޓިލަރީ ސިސްޓަމްވެސް ވަނީ ހަލާކު ކޮށްލެވިފައެވެ.

މިހަނގުރާމަ ފެށުނުފަހުން ރަޝިއާއަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް ހުލަނގުގެ ގައުމުތަކުންވެސް ބުނަމުން ދާއިރު، ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަރުވެފައިވާ މީހުންގެ އަދަދު ރަޝިއާއިން ހާމަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. މިމަހުގެ 2 ވަނަ ދުވަހު ރަޝިއާއިން ބުނެފައިވާ ގޮތުގައި އެދުވަހާއި ހަމައަށް ހަނގުރާމާގައި މަރުވެފައިވާ އެގައުމުގެ ސިފައިންގެ އަދަދަކީ 498 އެވެ. އެހެންނަމަވެސް ދާދިފަހުން އެމެރިކާއިން ހާމަ ކޮށްފައިވާ ގޮތުގައި، ހަނގުރާމާގައި މަރުވެފައިވާ ރަޝިއާ ސިފައިންގެ އަދަދަކީ 7،000 އެވެ.

ޔޫކުރެއިންގެ ޑިފެންސް މިނިސްޓްރީން އެންމެ ފަހުން ހާމަ ކޮށްފައިވާ މައުލޫމާތުގައި ވާގޮތުގައި، އެގައުމުގެ އަސްކަރިއްޔާއިންވަނީ، ރަޝިއާގެ 80 މަލްޓިޕްލް ރޮކެޓް ލޯންޗާރއާއި، 45 އެއަރ ޑިފެންސް ޔުނިޓާއި، 99 އެއަރ ކްރާފްޓާއި، 123 ހެލިކޮޕްޓަރ ޔުނިޓާއި، އޮޓޯ މޯޓިވް އެކުއޮޕްމަންޓުގެ 123 ޔުނިޓާއި، އޮޓޯ މޯޓިވް އެކުއިޕްމަންޓުގެ 1000 ޔުނިޓާއި، 3 ބޯޓާއި، 70 ފިއުލް ޓޭންކާއި، 35 ޑްރޯންއާއި 15 ސްޕެޝަލް އެކުއިޕްމަންޓް ވަނީ ހަލާކު ކޮށްލެވިފައެވެ.

އެމެރިކާއިން ބުނެފައިވަނީ، ޔޫކުރެއިންގެ ވެރިރަށާއި ދިމާލަށް ކުރިއަރަމުންއައި ޔޫކުރެއިންގެ ހުރިހާ ފައުޖެއް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ޔޫކުރެއިންގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ރަޝިއާގެ ބާރުގެ ދަށަށް ގޮސްފައިވާ ބައެއް އަވަށްތައް މިހާރު އެގައުމުގެ އަސްކަރިއްޔާއިން ހިފާފައި ވާކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!