ދީން
ފާއިތުވި އަހަރެއްގެ ރޯދަ ނުހިފާ ހުރި މީހަކު، އެރޯދަތައް ނުހިފައި މިއަހަރުގެ ރޯދަ ހިފިދާނެތޯ؟

ރަމަޟާންމަހުގެ ރޯދަ ހިފުމަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ޝަރުޢީ ޢުޛުރެއް މެދުވެރިވެގެން މެނުވީ ރޯދަ ދޫކޮށްލުން މުސްލިމަކަށް ހުއްދަވެގެން ނުވެއެވެ.

ޝަރުޢީ ޢުޛުރަކާ ލައިގެން، ރޯދަ ނުހިފާ ރަމަޟާން މަސްތަކެއް ދޫކޮށްލައިފިނަމަ، ނުވަތަ ރޯދަމަހުގައި ރޯދައަށްހުރެ ޝަރުޢީ ޢުޛުރަކާ ލައިގެން ރޯދަ ދޫކޮށްލައިފިނަމަ، އެ ރޯދަ ދޫކޮށްލި މީހާގެ މައްޗަށް ވަނީ އެ ދޫކޮށްލި ރޯދަތައް ޤަޟާކުރުމެވެ. ޝަރުޢީ ޢުޛުރޭ މި ދެންނެވީ ދަތުރެއްގެ މަތީގައިވުމާއި، ބަލިވުމަށެވެ. މިއީ އުންމަތުގެ އިޖުމާޢު މިކަމުގެ މައްޗަށް އޮތް ކަމެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَنْ كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ) البقرة /185

“ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.”

ރަމަޟާންމަހުގެ ރޯދަތައް ޤަޞްދުގައި ދޫކޮށްލިކަމުގައިވިޔަސް، ފަރުވާކުޑަވުމުގެ ސަބަބުން ދޫކޮށްލިކަމުގައި ވިޔަސް، އޭނާ ދޫކޮށްލީ އެންމެ ރޯދައެއް ކަމުގައިވިޔަސް، ރޯދަމަހު ރޯދަ ހިފަން ފެށުމަށްފަހު އެ ރޯދަ ޝަރުޢީ ސަބަބަކާ ނުލާ ދޫކޮށްލިކަމުގައިވިޔަސް އޭނާ އެ ކުޅައީ ބޮޑުފާފައެކެވެ. ފަހެ ތައުބާވުން އޭނާގެ މައްޗަށް ވާޖިބުވެގެންވެއެވެ.

އެފަދަ މީހާ އޭނާ ކުރީން، ޤަޞްދުގައި ޝަރުޢީ ސަބަބަކާ ނުލައި ދޫކޮށްލި ރޯދަތައް އަލުން ހިފަން ޖެހޭނެތޯ ނުވަތަ ނޫންތޯ އެއީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުހުރި މައްސަލައެކެވެ.

  • ޢިލްމުވެރިންގެ ތެރެއިން ޢާއްމު ގިނަ ޢިލްމުވެރީން ވިދާޅުވަނީ އެ ދޫކުޅަ ރޯދަތައް އޭނާ ޤަޟާކުރަން ޖެހޭނޭ ކަމަށެވެ. އަދި ބައެއް ބޭކަލުން އެކަމުގެ މައްޗަށް އިޖްމާޢު ގެންނަވާފައިވެއެވެ.

އިބްނު ޢަބްދުލް ބައްރު ވިދާޅުވިއެވެ. “ޤަޞްދުގައި ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފި މީހާ، ފަހެ އޭނާ ރަމަޟާންމަހުގެ ރޯދަ ވާޖިބުވެގެންވާ ކަމަށް ޤަބޫލު ކުރިކަމުގައިވިޔަސް އަދި އޭނާ އެ ރޯދަތައް ދޫކޮށްލީ އޭނާގެ ޖާހިލުކަމުން ނުވަތަ ފަރުވާކުޑަކަމުން ކަމުގައިވިޔަސް އޭނާ ތައުބާވިނަމަ، އޭނާ ދޫކޮށްލި ރޯދަތައް ހިފަންޖެހޭނެއެވެ.”

އިބްނު ޤުދާމާ އަލްމަޤްދިސީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެކަމުގައި އެއްވެސް ޚިލާފެއް އޮތްކަމެއް އަހަރެމެންނަށް އެނގިފައެއް ނުވެއެވެ. އެހެނީ ރޯދައަކީ އޭނާގެ ނިސްބަތުގައި ޘާބިތުވެފައިވާ ޒިންމާއެކެވެ. އޭނާ އުފުލަންޖެހޭ ޒިންމާއެކެވެ. އެ އަޅުކަން އަދާނުކޮށް އޭނާގެ ޒިންމާއިން އެކަން ބަރީއައެއް ނުވާނެއެވެ. އެކަން އޭނާ އަދާކޮށްފުމަށް ދަންދެން އެނާގެ ކިބައިގައި އެކަން ދެމިއޮންނާނެއެވެ.” ” انتهى من “المغني” (4/365) .

އައްލަޖުނާ އައްދާއިމާގެ ފަތުވާގައި ވެއެވެ. “ރަމަޟާންމަހުގެ ރޯދައިގެ ވާޖިބުކަމަށް އިންކާރުކޮށްފި މީހާ ކާފިރުވާނެއެވެ. އެއީ އިޖްމާޢުވެފައިވާ ކަމެކެވެ. އެމީހެއްގެ ކަންނެތްކަމުން ނުވަތަ ފަރުވާކުޑަކުރުމުގެ ސަބަބުން ރޯދަ ދޫކޮށްލާ މީހާ ކާފިރަކަށް ނުވާނެއެވެ. އެކަމަކު އެމީހާއަކީ ވަލިއްޔުލް އަމުރުގެ ފަރާތުން ޢުޤޫބާތް ނުވަތަ އަދަބު ޙައްޤުވެއްޖެ މީހެކެވެ. އެއީ އޭނާއާއި އެހެން މީހުންވެސް އެކަމުން ދުރުހެލިކުރުމަށްޓަކައެވެ. (އިޞްލާޙަށްޓަކައެވެ). މިފަދަ މީހާއާ ބެހޭގޮތުންވެސް ބައެއް ޢިލްމުވެރިން، އޭނާ ކާފިރުވާނޭ ކަމަށްވެސް ވިދާޅުވެއެވެ. އޭނާ ދޫކޮށްލި ރޯދަތައް އެނާ ހިފަން ޖެހޭނެއެވެ. ﷲ އަށް ތައުބާ ވުމާއެކުގައެވެ.” “فتاوى اللجنة الدائمة” (10/143) :

  • ޢިލްމުވެރީންގެ ތެރެއިން ބައެއް ބޭކަލުން ވިދާޅުވަނީ ޤަޞްތުގައި ރޯދަތައް ދޫކޮށްލިކަމުގައިވިޔަސް އޭނާ އެ ދޫކުޅަ ރޯދަތައް އޭނާ ހިފަން ނުޖެހޭނެކަމަށެވެ. އަދި އޭނާ ސުންނަތް ރޯދަހިފުން ގިނަކުރާނީއެވެ. މި ރައުޔަކީ ޡާހިރީ މަޛްހަބްގެ ރައުޔެވެ. އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އާއި ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ އިޚްތިޔާރު ކުރައްވާފައިވަނީވެސް މިރައުޔެވެ.

އަލްޙާފިޡް އިބްނު ރަޖަބުލް ޙަންބަލީ ރަޙިމަހުﷲ ވިދާޅުވިއެވެ. ޡާހިރީ މަޛްހަބުގެ (މި މަޛްހަބުގެ ގިނަ ޢިލްމުވެރިންގެ) ރައުޔަކީ ގަސްތުގައި ރޯދަދޫކޮށްލާ މީހާގެ މައްޗަށް ރޯދަ ޤަޟާކުރަން ނުޖެހުމެވެ. އަދި އެނާ ޤަޟާކުރިކަމުގައިވިޔަސް އެކަން އޭނާގެ ކިބައިން ފުދިގެން ނުވާނެކަމަށެވެ. “فتح الباري” (3/ 355).

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ގަސްތުގައި ރޯދަ ދޫކޮށްލާ މީހާ ޢުޛުރެއް ނެތްކަމުގައިވަންޏާ އޭނާ ޤަޟާކުރުމެއް ނުވެއެވެ. ރޯދަވެސް އަދި ނަމާދުވެސް މެއެވެ. އަދި އޭނާ އެ ޤަޟާ ކުރިކަމުގައިވިޔަސް އޭނާގެ ކިބައިން އެކަން ޞައްޙަވެގެން ނުވެއެވެ.” “الاختيارات الفقهية” (ص: 460) .

ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ޤަޞްތުގައި ޢުޛުރެއްނެތި ރޯދަ ދޫކޮށްލައިފި މީހާއާމެދު، ރާޖިޙު ވެގެންވާ ބަސްފުޅަކީ އޭނާއަށް ޤަޟާކުރުން ލާޒިމުވެގެން ނުވުމެވެ. އެހެނީ އެކަމުން އޭނާއަށް އެއްވެސް ފައިދާއެއް ނުކުރެއެވެ. އެއީ އޭނާގެ ކިބައިން އެކަން ޤަބޫލުވެގެންވެސް ނުވާނެއެވެ. އަޞްލު ޤަވާޢިދަކީ، ވަކި ވަޤުތެއްގައި ކުރުމަށް ވަޤުތު ކަނޑައެޅިފައިވާ އަޅުކަމެއް ޝަރުޢީ ޢުޛުރެއް ނެތި އޭގެ ވަޤުތުން ބޭރުވެއްޖެނަމަ އެއަޅުކަމެއް ކުރާ މީހެއްގެ ކިބައިން އެކަން ޤަބޫލުވެގެން ނުވުމެވެ. انتهى من “مجموع الفتاوى” (19/89).

ޚުލާޞާ: ރަމަޟާންމަހުގެ ރޯދައިން ޤަޞްތުގައި ރޯދައެއް، ޝަރުޢީ ޢުޛުރަކާ ނުލައި ދޫކޮށްލައިފިމީހާ، ނުވަތަ ގިނަ ރޯދަމަސްތަކެއް ރޯދަ ޝަރުޢީ ޢުޛުރަކާ ނުލައި ދޫކޮށްލައިފިމީހާ، ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ޢާއްމު ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އޭނާ ދޫކޮށްލި ރޯދަތައް ޤަޟާކުރުން އޭނާގެ މައްޗަށް ލާޒިމްވާނެއެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެ ރޯދަތައް ޤަޟާކުރަން ނުޖެހޭނެއެވެ. އެހެނީ އެއީ އެއަޅުކަން އަދާކުރުމުގެ ވަޤުތު ފާއިތުވެފައިވާ އަޅުކަމެކެވެ. މީގެ ތެރެއިން އެންމެ ރާޖިޙު (އެންމެ ޞައްޙަކަން ބޮޑު) ބަސްފުޅަކީ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ގިނަ ޢާއްމު ޢިލްމުވެރިން ވިދާޅުވެފައިވާ ފަދައިން ފާއިތުވި ރޯދަތައް ޤަޟާކުރަން ޖެހޭނެކަމަށް ވިދާޅުވާ ބަސްފުޅެވެ. އެހެނީ އެއީ އަޅާ އަދާކުރަން ޖެހިފައިވާ އޭނާގެ ޒިންމާއެކެވެ. އޭނާ އެ އަދާކުރުމުން މެނުވީ އޭނާގެ ކިބައިން އެ ޒިންމާ ބަރީއައެއް ނުވާނެއެވެ.

ފާއިތުވި އެތައް އަހަރެއްގެ ރޯދަ ނުހިފާ ހުރި މީހަކު، ތައުބާވެފަ މި އަހަރުގެ ރޯދަމަހުގެ ރޯދަ ހިފިދާނެއެވެ. ކުރީ އަހަރު ތަކުގެ ރޯދަތައް އޭގެ ފަހުގައި ހިފާނީއެވެ.

މަރްޖިޢު

https://islamqa.info/ar/answers/234125/

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!