ޚަބަރު
އެއްވެ އުޅުމުގެ މިނިވަން ކަމަށް ފުލުހުން ދަނީ ހުރަސް އަޅަމުން – ޕީޕީއެމް

އެއްވެ އުޅުމުގެ މިނިވަން ކަމަށް ދިވެހި ފުލުހުން ހުރަސް އަޅަމުންދާ ކަމަށް އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމް އިން މިހެން ބުނެފައިވަނީ، އެޕާޓީއިން އިންތިޒާމްކޮށްގެން މިއަދު ހަވީރު މާލޭގައި ބާއްވަން ނިންމާފައިވާ އިންޑިއާ އައުޓް މުޒާހަރާ ހުއްޓުވުމަށް ފުލުހުން ނުކުމެ މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކޮށް ދެންމެ ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން ޕީޕީއެމް އިން ބުނީ، އެޕާޓީގެ އޮފީސް ދޮރުމަތި ބަންދުކޮށް ޕާޓީ އޮފީސްތެރޭގައި ހަރަކާތްތެރިވާ މެމްބަރުން ބޭރަށް ނުކުތުންވެސް ފުލުހުން މަނާކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމް އިން ވަނީ ފުލުހުންނަށް ސިޔާސީ ވެރިން އަންގާ ޢައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް ވެސް ގޮވާލާފައެވެ.

ރާއްޖޭގެ އިސްތިގުލާލަށާއި މިނިވަންކަމަށް ބުރޫ އަރާގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެރިބޭ މައްސަލައާއި ގުޅިގެން ޕީޕީއެމް އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން މިއަދު މާލޭގައި ބާއްވަން ނިންމަވާފައިވާ މުޒާހަރާ އަށް ހުރަސް އެޅުމަށް ފުލުހުން މިހާރު ވަނީ ބެރިކޭޑް ޖަހައި ޕީޕީއެމް އޮފީހަށް ދެވެން ހުރި ހުރިހާ މަގެއް ބަންދުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!