އިދިކޮޅު ކޯލިޝަނުން މިއަދު ބާއްވަން އުޅޭ މުޒާހަރާ ހުއްޓުވުމަށް ދިވެހި އަސްކަރިއްޔާގެ ސިފައިން ނެރެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބާއްވަން ނިންމާފައިވާ މުޒާހަރާ ހުއްޓުވުމުގެ ގޮތުން މިއަދު 2 ޖަހާ އެހާކަންހާއިރުން ފެށިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެގޮތުން ޕީޕީއެމްގެ އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ކައިރީވެސް ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެެވެ.
އޭގެ އިތުރުން މުޒާހަރާ ފެށެން ގިނަ ވަގުތުތަކެއް އޮއްވާ ފުލުހުން ވަނީ، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހައްޔަރުކޮށްފައެވެ.