ޚަބަރު
އުތުރު ކޮރެއާއިން މިހާތަނަށް ޓެސްޓުކުރި އެންމެ ބޮޑު މިސައިލްގެ ވީޑިއޯއާއި ފޮޓޯތައް އާންމުކޮށްފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އަމުރުފުޅަށް އެގައުމުން މިހާތަނަށް ޓެސްޓުކުރި އެންމެ ބޮޑު އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ޓެސްޓުކުރި މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯތައް އާންމުކޮށްފިއެވެ.

އުތުރުކޮރެއާއިން އާންމު ކޮށްފައިވާ، ވީޑިއޯއާއި ފޮޓޯތަކުން ފެންނަ ގޮތުގައި، މިސައިލް ޓެސްޓު ކުރި ވަގުތު އެގައުމުގެ ލީޑަރު ކިމް ހުންނެވީ ލެދަރ ޖެކެޓެއް ލައިގެންނެވެ. އަދި މިސައިލް ކާމިޔާބުކަމާއެކު ލޯންޗުކޮށް ނިމުމުން ކިމް އާއި އެގައުމުގެ އަސްކަރިއްޔާގެ އޮފިޝަލުން އުފާފާޅުކުރާ މަންޒަރުވެސް ވީޑިއޯތަކުން ފެނިގެން ދެއެވެ.

ހަވާސޮންގް-17 ގެ ޓެސްޓް ލޯންޗް އޮޕަރޭޝަންގެ ތެރެއިން : އޮބްޒަވޭޝަން ޑެކެއްގެ ތެރެއިން އަސްކަރީ އޮފިޝަލުންނާއެކު ކިމް ޖޮން އުން އުފާފާޅު ކުރެއްވަނީ

އުތުރު ކޮރެއާއިން ވަނީ ، އެގައުމަކީ ނިއުކްލިޔަރ ބާރެއްގެ ގޮތުގައި އެމެރިކާއިން ޤަބޫލުކުރުމަށާއި، އެ ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާއަށް މަޖުބޫރުކުރުވުމުގެ މަޤްޞަދުގައި ބާއްވާ ހަތިޔާރުގެ ޓެސްޓްތައް މިއަހަރު ވަނީ އިތުރުކޮށްފައެވެ.

އުތުރު ކޮރެއާއިން ޓެސްޓް ކުރ މިސައިލް

ޕިޔޮންގްޔަންގްގެ ރަސްމީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އތުރުކޮރެއާއިން ޓެސްޓުކުރި ހަވާސޮންގް-17،  އެންމެ އުސްމިނުގައި 6248 ކިލޯމީޓަރު (3880 މޭލު) އަށް އަރާފައިވާ ކަމަށާއި، އުތުރު ކޮރެއާއާއި ޖަޕާނާ ދެމެދު ކަނޑުގެ ސަރަހައްދަށް ވެއްޓުމުގެ ކުރިން 67 މިނެޓުގެ ވައިގެ ތެރޭގައި 1090 ކިލޯމީޓަރު (680 މޭލު) ދަތުރުކުރި ކަމަށެވެ.

ގާތްގަނޑަކަށް 82 ފޫޓު (25 މީޓަރު) ދިގު ކަމަށް ބެލެވޭ “ހަވާސޮންގް-17” އަކީ އުތުރު ކޮރެއާއިން މިހާތަނަށް ޓެސްޓުކުރި އެންމެ ބޮޑު ހަތިޔާރެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!