ޚަބަރު
އައްޑޫ ސިޓީ މޭޔަރުގެ ކާރުކޮޅުގައި ”އިންޑިޔާ އައުޓް” ޖަހައިފި

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރުގެ ކާރުގައި “އިންޑިއާ އައުޓް” ޖަހައިފިއެވެ.

އަލީ ނިޒާރުގެ ގޭގެ ބޭރުގައި ކާރު ޕާކުކޮށްފައިވަނިކޮށް ކާރަށް ސްޕްރޭ ޖަހައި ”އިންޑިޔާ އައުޓް” ޖެހި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ.

މީޑީޔާއަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އޭނަގެ ހުދު ކުލައިގެ ކާރުގެ ބޮނެޓް މަތީގައި ނޫ ކުލައިގެ ސްޕްރޭއިން އިންޑިޔާ އައުޓް ޖަހާފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ކާރަށް އިތުރު ގެއްލުމެއް ދީފައި ނުވާ ކަމަށާއި މިއީ ސިޔާސީ ގޮތުން ދިމާކުރުމަށް ބަޔަކު ކޮށްފައިވާ ތާކުންތާކު ނުޖެހޭ އަމަލެއް ކަމަށެވެ.

މޭޔަރުގެ ކާރުގެ އިތުރުން އައްޑޫ ސިޓީ އެކި ދިމަދިމާލުގައި އިންޑިޔާ އައުޓް ޖަހާފައިވާ ގިނަ ފޮޓޯތައް މީސްމީޑީޔާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން އައްޑޫ ސިޓީ ފެނަކަ ހިތަދޫ އޮފީހުގެ ފާރަށް ވެސް ނޫކުލައިން ސްޕްރޭ ކޮށްފައިވާ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑު އަތޮޅަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނިކޮށް އައްޑޫ ސިޓީގެ ބައެއް އިމާރާތްތަކުގައިވެސް ސްޕްރޭއިން އިންޑިޔާ އައުޓް ވަނީ ޖަހާފައެވެ.

“އިންޑިއާ އައުޓް” އަކީ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި އިންޑިޔާގެ ސިފައިން ބޭތިއްބުމާ ދެކޮޅަށް، ސަރުކާރާއި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ހިންގަވާ ބޮޑު ކެމްޕެއިން ހަރަކާތެއްގެ ސްލޯގަންއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!