ޕީޕީއެމް ޕީއެންސީން އިއްޔެ ކުރިޔަށް ގެންދިޔަ “ނޭވާ ހޮޅިޔަށް ” މުޒާހަރާގައި ބައިވެރިވި ގޮތްނޭގޭ މީހާއަކީ ބިދޭސީއެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އިދިކޮޅު ކޯލީޝަނުން އިއްޔެ ކުރިއަށްގެންދިޔަ “ނޭވާހޮޅިއަށް” މުޒާހަރާ ނޫސްވެރިންނަށް ފެނުނު ގޮތް ނޭނގޭ މީހާއަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބައިގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށާއި މުޒާހަރާގައި އެމުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކު ކަމަށެވެ.
އެހެންނަމަވެސް އެމުވައްޒަފަކީ ކޮން ޤައުމަށް ނިސްބަތްކާ މީހެއްކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.
މިމުވައްޒަފުގެ ފޮޓޯ އާއި މައުލޫމާތު ބައެއް ނޫސްތަކުގައި ހާމަކުރުމުގެ ސަބަބުން މުވައްޒަފަށް އިންޒާރުތައް ލިބެމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ބައެއް މީޑިޔާތަކުން ބުނާގޮތުގައި އެމީހާ ފުލުހުންގެ ވެހިކަލެއްގައި އިނދެ ފުލުހުންނަށް ކޮމާންޑުދެމުން ދިޔައެވެ. އަދި އެމީހާއަކީ ގޮތްނޭގޭ މީހެއް ކަމަށް މީޑިޔާތަކުގައި ހާމަކޮށްފައިވެއެވެ.. އެހެންކަމުން އެމީހާގެ ފޮޓޯ ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
މީގެ އިތުރުން އިއްޔެގެ މުޒާހަރާގައި ފުލުހުންގެ އެމްބިއުލާންސެއްގެ ކައިރީގައި މި މީހާ ފުލުހަކާ ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.
ޚޮނޮ .ކީއްވެތަ ކޮނއިރަކު މަސައްކަތްކުރަން ފެށި މީހެއްކަން ނުބުނވުނީ