ގދ ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
ތިނަދޫ ފްލެޓް ސަރަހައްދު ތާރަ މަގެއްގައި މީގެ އިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ މާބަނޑު އަންހެނަކާއި ޒުވާން ފިރިހެނަކަށެވެ.
މަންޒަރު ދުށް ފަރާތަކުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް މާބަނޑު އަންހެން މީހާ ދުއްވަން އިން ސައިކަލުގައި ޖެހުމުގެ ސަބަބުން މާބަނޑު އަންހެން މީހާ ވިއްސައިގެން ގޮސް ޖެހުނީ ގާތްގަނަޑަކަށް 15 ވަރަކަށް ފޫޓު ދުރުގައި ކަމަށެވެ. އެވަގުތު މާބަނޑު މީހާގެ ސައިކަލުގައި ކުޑަކުއްޖެއް އިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަދި އަނެއް ސައިކަލު ދުއްވަން އިން ފިރިހެން މީހާވެސް ވަރަށް ދުރަށް ވިއްސައިގެން ދިޔަ ކަމަށާއި، އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް މަންޒަރު ދުށް މީހަކު ބުންޏެވެ.
ދެމީހުންނަށްވެސް މިހާރު ގެންދަނި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ސިއްސައިގެންތަ ނުވަތަ ވިއްސައިގެންތަ ދިޔައީ
އެވަރު ކަމެއް ވެދާނެ އެމީހުން އުޅުނީ ބްރޭކިން ނުޖެހިގެން ވިއްޔަ
ގަވާއިދުތަށް ހަދާފައި އޮންނަނީ ނަމެއްގަ ވީމަ ވާނެގޮތް ތީ
ނިއުސްތައް ޖަހާ އިރު އޭގެ އެންމެ ސައްޙަ މައުލޫމާާތު ހިއްސާ ކުރުންވެސް ވަރަށް މުހިންމު. ބާރު ސްޕީޑެއްގައި ދިޔައީއޭ ބުނާއިރު ތާރު މަގެއްގައި ސިގްނަލް ނުދީ ޔޫ ޓާރން ނެންގެވި ވާހަކަ އައިސްފައި ވީ ނަމަ ހަމައެކަނި ފިރިހެން ކުއްޖާ ކުއްވެރި ނުކިރިސް
ސައުދު އަލީ އުޅެނީ ރަށުން މީހުން ބޭލިމައްސަލަ ނުބެލިގެން ވިއްޔާ. އެއަށްވުރެ މާރަނގަޅުވާނެ ތިނަދޫ ހުރިހާ މަގެއް ވަންވޭ ކުރިއްޔާ. މިވާހަކަ ސައުދު އަލީ ކައިރީ ދެއްކީމާ ސައުދު އަލީ ބުނީ އެކްސިޑެންޓްތަށް މަދުކުރުމަށް ތިއަށްވުރެ މާރަގަނޅު ވިސްނުމެއް ތިމަންނާ އެބަ ގެންގުޅޭމޭ. އޭނާ އެބުނާ ރަނގަޅު ވިސްނުމަކީ ކޮބާކަމެއް ނޭގުނު
މި ޚަބަރު ލިޔުމުގައި ވަރަށް ބޮޑަށް އޮޅުވާލަން މަސައްކަތް ކޮށްފައި ވާކަން ފާހަނގަ ކޮށްލަން. ސިގްނަލް ނުދީ ޔޫ ޓާރން ނެގި ވާހަކަ ނުލިޔުނީ ކީއްވެގެންބާ؟ އަންހެން މީހާ 15 ފޫޓަށް ވިއްސައިގެން ދިޔައީ އޭ ބުނާއިރު، މާބަނޑު މީހަކު އެހާ ދުރަށް ވިއްސައިގެން ދާއިރު ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެއް. އަދި އެ އަންހެން މީހާ ގަދަވެ ސަލާމަތުން ސީން ކައިރީގައި ހުއްޓިލައިގެން ހުރި ފޮޓޯތަކެއް މީސް މީޑިޔާގައި ދައުރުވި. މީ ޚަބަރު ލިޔާ ފަރާތްތައްވެސް ޚަބަރުތައް ލިޔުމުގައި ވަކި ކޮޅަކަށް ބުރަ ނުވެ ޒިންމާދާރުކޮށް ޚަބަރު ލިޔުމަށް ސަމާލުކަންދޭންވީ ސަބަބެއް ކަމުގައި ދެކެން. މުޅި ޚަބަރުގެ ފޯކަސް/މަޤުޞަދު ވަނީ މާބަނޑު މީހަކަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ބުނެ އޮޅުވާލާފައި. މޮޅުމީހާ މޮޅު، ދެރަ ނިކަމެތި މީހާ ދެރަ.
އަނެއްކާ އަންހެން މީހާ ފަހަތުގައި އިން ކުއްޖާ 30 ފޫޓު ދުރަށް ވިއްސައިގެން ނުދޭތަ؟
އަންހެން މީހާތަ ވެންޓިލޭޓަރގަ އޮތީ؟ އަންހެން މީހާތަ ސިކުނޑިއަށް ލޭ އެޅިގެން އެމަރޖެންސީގަ މާލެ ގެންދިޔައީ؟ އޭޑީކޭ ހޮސްޕިޓަލުގައި މިވަގުތު ފުރާނައަށްޓަކައި ހަނގުރާމަ ކުރަމުންދަނީ އެ އަންހެން މީހާތަ؟ އެކަން ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖް އަދި ފޮޓޯ އެބަހުރި. އެހެންވީމަ އަދި ތިކުރެވެނީ ނޫސްވެރިކަމެއް ނޫން.