ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި މިއަދު އައްޑޫ އިން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޓެރަރިސްޓް ޙަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 9 މީހެކެވެ.
ފުލުހުން ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދެކަނބަލުން މިވަގުތު ތިއްބެވީ އައްޑޫގައެވެ.
ރައީސްގެ މިދަތުރުފުޅަކީ އައްދޫގެ ބައެއް މަޝްރޫޢުތައް ފެއްޓެވުމުގެ ގޮތުންނާއި، އައްޑޫ “ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް” ހުޅުވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.