ޚަބަރު
ރޯދަމަހު ބީއެމްއެލްއިން ޚިދުމަތް ދޭ ގަޑިތައް ހާމަކޮށްފި

ރޯދަމަހުގައި ބެންކް އޮފް މޯލްޑިވްސްއިން ޙިދުމަތްދޭނެ ގަޑިތައް ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި ރޯދަމަހު ބީއެމްއެލްއިން ޙިދުމަތްދޭނީ ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން ފެށިގެން މެންދުރު 12:00އަށެވެ. އަދި ކުރިއަށް އޮތް ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުވެސް ބޭންކުން ޙިދުމަތް ލިބިގެންދާނީ މިގަޑިތަކުގައެވެ.

އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ބީއެމްއެލްގެ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޙިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ޙިދުމަތްތަކާއި ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށްވެސް މިރޯދަމަސް ތެރޭގައި ޙިދުމަތް ދެމުންގެންދާނެއެވެ.

ބީއެމްއެލްއިން ބުނާގޮތުގައި ރޯދަމަހުގައި މަދު ވަގުތުތަކެއްގައި ޚިދުމަތް ދިނަސް ބީއެމްއެލް އިން ފޮރުކޮށްދޭ ގިނަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އޭގެތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލްގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްގެ ޙިދުމަތްދިނުން ހިމެނެއެވެ.

މި ޙިދުމަތްތައް ހެނދުނު 11:00ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު އެދުވަހަށް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ހެނދުނު 9:00ގެ ކުރިން ޖަމާކުރާ އެހެން ބޭންކުތަކުގެ ޗްކްތައް އެދުވަހު ޕްރޮސެސްކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

މީގެއިތުރުން ބީއެމްއެލް އިސްލާމިކް ބޭންކިންގ ޙިދުމަތް ހޯއްދެއްވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގަންޖެހޭނެ ކަމަށާއި ޙިދުމަތް ހޯއްދެއްވުމަށް ބޭންކަށް އައުމުގެ ކުރިން ކިއުގައި މަޑުކޮށްގެން ތިބޭ ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ބީއެމްއެލްއިން އިލްތިމާސްކުރެއެވެ. އެހެންނަމަވެސް ކަސްޓަމަރ ސަރވިސް ސެންޓަރއަށް އަންނަ ކަސްޓަމަރުންނަށް ކިއުބީ ނަންބަރާ ނުލައި ޙިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރުތަކުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށްކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އިންތިޒާމްވެސް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. އަދި ގޭގައި ތިބެގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ޙިދުމަތް ހޯދުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!