ޚަބަރު
ތިނަދޫ ހިމެނޭހެން 3 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން ހަމަޖައްސައިފި

ގދ.ތިނަދޫ ޖުޑީޝަލް ދާއިރާ ހިމެނޭހެން 3 ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަން ކޮށްފިއެވެ.

ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ޖޭއެސްސީން އައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އެރުއްވީ، ޖޭއެސްސީގެ ރައީސް އަލްއުސްތާޛާ ހިސާން ހުސެއިންނެވެ.

އެގޮތުން ގދ. ޖުޑީޝަލް ދާއިރާ، ހއ. ޖުޑީޝަލް ދާއިރާ، އަދި ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ވަނީ އައްޔަންކޮށްފައެވެ.

ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކޮށްފައިވަނީ ގދ.ތިނަދޫ، ދިލްބަހާރުގެ އަލްއުސްތާޛު އަބްދުލް ރައްޒާގު މުހައްމަދުއެވެ. ރައްޒާގު މުހައްމަދަކީ އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި ހއ. އުތީމު، ކަރަންކާގެ، އަލްއުސްތާޛު އަހްމަދު އާދަމް އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ (ހޮނަރސް) ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރެވުނީ ވ.ފުލިދޫ، ވެނިލާގެ، އަލްއުސްތާޛު އަހްމަދު ޝަރީފްއެވެ. އަހުމަދު ޝަރީފް އަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރސް އޮފް ޝަރީޢާ އެންޑް ލޯ ހާޞިލްކުރައްވާ، ފަނޑިޔާރުކަމުގައި 28 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!