ޚަބަރު
މެމްބަރުންހަމަނުވާ ޕާޓީތައް އުވާލާނެކަމަށް ބުނުމުން ރައީސް މައުމޫންގެ ޕާޓީ އެމްއާރުއެމް އަށް މެމްބަރުން ހަމަކޮށްފި

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން ހިންގަވާ ޕާޓީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއެމްއާރު)އިން ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފިއެވެ.

ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވުމުން އެމްއާރުއެމްއިން ވަނީ އެޕާޓީއަށް މެމްބަރުން ހަމަކުރުމަށް އިއްޔެ އެކަނިވެސް 250 ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

އެމްއާރުއެމްގެ ރަޖިސްޓްރާ ޝަހީދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިއްޔެ އެމްއާރުއެމް އިން އިލެކްޝައަށް އިތުރު 250 ފޯމުވާނީ ހުށަހަޅާފައިވާކަމަށާއި މިހާތަނަށް ހުށަހެޅި ފޯމުތަކާއެކު، މިހާރު އީސީ ދަފްތަރުގައި 3،000 އަށްވުރެ ގިނަ މެންބަރުން ތިބޭނެކަމަށެވެ. އަދި ޕާޓީގެ ދަފްތަރުގައި މިހާރު 4،650 މެންބަރުން ހިމެނޭކަމަށް ވދާޅުވަމުން ޝާހިދާ ވިދާޅުވީ މިހަފުތާގައި އިތުރު ފޯމް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

3،000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ގާނޫނުގައި އޮންނަ ގޮތުގެ މަތިން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ސިޔާސީ ޕާޓީގެ މެންބަރުންގެ ޢަދަދު 3،000 ހަމަނުވާ، 4 ޕާޓީއަކަށް، ޤާނޫނުގައިވާ ގޮތުގެމަތިން، 3 މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އެގޮތުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) – 2302 މެމްބަރުން، މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (MLSDP) – 2725 މެމްބަރުން، މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (MTD) – 2489 މެމްބަރުން އަދި  ދިވެހިރައްޔިތުންގެ ޕާޓީ (DRP) – 2280 މެމްބަރުން ހިމެނެއެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ހަމަކުރަން ނޯޓިސް ދިނުމަށް ނިންމާފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީގައެވެ. އޭގެ ތެރެއިން ޕީޕީއެމް އަދި ޖުމްހޫރީ ޕާޓިން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން، އެދެޕާޓީއަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ވަނީ ފޮނުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!