ޚަބަރު
ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހެއްދެވި ކަމަށް ބޮޑަށް ބެލެވެނީ މިނިސްޓަރ އިމްރާން: އީވާ

ފުލުހުންގެ އިދާރާގައި ގަސްދުގައި ގޯސް ހަދާ މީހުން އުޅޭ ކަމާއިމެދު ރައްޔިތުންގެ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބޮޑަށް ބުރަވެވެނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމު ރަނގަޅަށް އެނގިގެން އެ ނިޒާމުގެ ލޫޕް ހޯލްތައް ބޭނުން ކޮށްގެން ގޯސް ހަދާ މީހުން ދައުލަތް ތެރޭގައި އެބަތިބި ކަމަށް އެޓާނީ ޖެނަރަލް އިބްރާހީމް ރިއްފަތު ވިދާޅުވި ވާހަކަ، ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ދޮގުކުރައްވައިފައިވާތީ، އެއް ވަޒީރަކު އިތުރުފުޅު ހައްދަވާ ކަމަށް ބުނެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެއް ފުލުހުންނާއި ކޯޓުތަކުގައި ގޯސް ހަދާ މީހުން އުޅޭނެކަން އެންމެނަށްވެސް އެގޭ ކަމަށާއި މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމާ މި ކަހަލަ ބޮޑެތި ޖަރީމާތައް ހިންގުމުގައި ފުލުހުން ގަސްތުގައި ގޯސް ހަދާ ކަމަށެވެ.

އެހެންކަމުން ދިވެހި ފުލުހުންގެ ތެރޭގައި އެފަދަ ބަޔަކު ނޫޅޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވުމުން އެކަން ޤަބޫލުނުކުރެވޭ ކަމަށް އީވާ ވިދާޅުވިއެވެ. މިނިސްޓަރ އިމްރާން ހެއްދެވީ އިތުރުފުޅެއްކަން ސިފަކުރައްވަމުން އީވާ ވިދާޅުވީ މި ސަރުކާރަކު ގޯހެއް ނުހިނގާނޭ، މި ފުލުސް އޮފީހަކު ކަމެއް ނުހިނގާނޭ ބުންޏަސް އެއްވެސް މީހަކު ޤަބޫލުނުކުރާނެ ކަމަށެވެ.

އީވާ އިތުރަށް ވިދާޅުވީ ބަންޑާރަ ނައިބު ހަޤީގަތެއް ނެތި އެފަދަ އިތުރުފުޅެއް ނުހައްދަވާނެ ކަމަށާއި އެހެންކަމުން ހޯމް މިނިސްޓަރު މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!