ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އައްޑޫ ސިޓީއިން ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ ޓެރަރިޒަމް އަމަލެއް ހިންގަން އުޅުނު 9 މީހަކު އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާއިރު އޭގެތެރެއިން 6 މީހެއްގެ ބަންދަށް ހަތް ދުވުސް ޖަހާފައިވާ ކަމށެވެ. އަދި ބާކީ ތިބި ތިން މީހުންގެ މުއްދަތު އިތުރުކުރަން ކޯޓަކަށް އަދި ހުށަހަޅާފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާތީ އެމީހުންނާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އައްޑޫސިޓީގައި މިފަދަ އަމަލެއް ހިންގުމަށް ތައްޔާރީތައް ވަމުންދިޔައިރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުވަނީ މިމަހު 27 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން ޕޮލިސް އެކަޑަމީ ހުޅުވައިދެއްވާފައެވެ.