އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު ހުވަދު އަތޮޅުގެ ރަށްތަކަށް ކެމްޕެއިނަށް ވަޑައިގަތުމުން އެއަތޮޅުން ފައްޔާޟަށް އޮތް ތާއީދު ދައްކާލައިފިއެވެ. އިއްޔެ ފައްޔާޒާއި، ރޮޒޭނާގެ ޓީމުން ހުވަދު އަތޮޅަށް ކެމްޕެއިން ދަތުރުތައް ފަށާފައިވަނީ އައްޑޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުގައި ބައިވެރިވުމަށްފަހުއެވެ.
މިދަތުރުގައި ފައްޔާޒުގެ ޓީމުން ވަނީ ހުވަދު އަތޮޅު ދެކުނުބުރީގެ ތިން ރަށަކަށް އިއްޔެ ވަޑައިގެންފައެވެ. އެގޮތުން ފައްޔާޒުގެ ޓީމުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ.ފަރެސްމާތޮޑާއަށެވެ. ފަރެސް މާތޮޑާއިން ފައްޔާޟުގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެއަށްފަހު ދެން ވަޑައިގަތީ ގދ.ވަދޫއަށެވެ. އަދި ވާދޫއިން ވެސް ފައްޔާޒުގެ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
Mikan nimijje. Gdh. vaadhoo in hingaalan campaign ah bodu tharuheebeh. #MDPhingaalan. pic.twitter.com/msxcuYNvhe
— Maimoon (@mrsays_) March 28, 2022
ގދ.ވާދޫއަށްފަހު ފައްޔާޒުގެ ޓީމު ވަޑައިގެންނެވީ ގދ.ގައްދޫ އަށެވެ. ގައްދޫއިން ވަނީ ގިނަ އަދަދެއްގެ ބަޔަކު ފައްޔާޟަށް މަރުހަބާ ކިޔަން ނިކުމެފައިވާއިރު، ގައްދޫއިން ފައްޔާޒަށް ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިއީ މިހާތަނަށް އަތޮޅު ތެރޭގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން އެންމެ ހޫނު މަރުހަބާއެއް ފައްޔާޒުގެ ޓީމަށް ލިބުނު އެއްރަށެވެ.
ސާބަހޭ ގދ.ގައްދޫއާ މިއޮއްތު ރޫޙުގައި. 👏👏👏#MDPhingaalan pic.twitter.com/GQdOKeVc6O
— Maimoon (@mrsays_) March 28, 2022
ކުރިއަށް ރޯދަމަސް އޮތުމާއިއެކު ފައްޔާޒުގެ ޓީމުން ގެންދަނީ ވީހާވެސް ގިނަ ރަށްތަކަކަށް ރޯދައިގެން ކުރިންވެސް ޒިޔާރަތްކޮށް އެމްޑީޕީގެ މެމްބަރުންނާއި، ބައްދަލު ކުރުމަށެވެ. ފައްޔާޒުގެ ޓީމުން މިވަގުތު ހުވަދޫގައި ހަރަކާތްތެރިވާއިރު، އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ދެން ވާދަކުރާ އިމްތިޔާޒް ފަހުމީގެ ޓީމުންވަނީ ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ދާދި ފަހުން ޒިޔާރަތް ކޮށްފައެވެ. އަދި މިވަގުތު އިންތި ގެޓީމުން ދަނީ ކ.އަތޮޅުގެ ރަށްތަކުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.