ޚަބަރު
މިސަރުކާރުން ގައްދޫގައި ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ބުނެ ވެފައިވާ ވައުދު އަދިވެސް ނުފުއްދޭ: ޒާހިރު

މިސަރުކާރުން ގދ.ގައްދޫގައި ހޮސްޕިޓަލެއް އަޅައިދޭނެކަމަށް ބުނެ ވެފައިވާ ވައުދު މިދައުރުގެ 3 އަހަރު ފާއިތުވެގެންދާއިރުވެސް ފުއްދިފައި ނުވާ ކަމަށް ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަމު ރީޖަނަލް ހޮސްޕިޓަލްގެ ކަންކަން ބޮއްސުންލައިގެން ގޮސް، ހިދުމަތްތައް ނުލިބޭ މައްސަލައިގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ޒާހިރު ވިދާޅުވީ މިސަރުކާރުގެ ހަތަރު އަހަރު ނިމިގެންދާއިރު ވެފައިވާ ވައުދުތައް އަދިވެސް ނުފުއްދި އެބަހުރި ކަމަށާއި މިސަރުކާރުގެ ސްޕީޑް ވަރަށް ސްލޯ ކަމަށެވެ.

ޒާހިރު ވިދާޅުވި ގޮތުގައި ގދ.ގައްދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އަޅައިދިނުމަކީ މިސަރުކާރުގެ ވައުދުފުޅެކެވެ. އެހެންނަމަވެސް މިވައުދު އަދިވެސް ފުއްދިފައިނުވާ ކަމަށް ބުނެ ޒާހިރުވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

މިސަރުކާރުގައި ފާއިތުވެގެން މިދިޔަ ކޮންމެ އަހަރަކުވެސް ގައްދޫ ހޮސްޕިޓަލް އެޅުމަށް ބަޖެޓް ހިމަނާފައިވީ ނަމަވެސް އެ މަޝްރޫޢު ކުރިޔަށް ނުގެންދާކަން ޒާހިރުވަނީ ފާހަނގަ ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ބަޖެޓްގައި ހޮސްޕިޓަލް އެޅުން ޖަހާފައި އޮވޭ. އަދި އެވީތަނެއް ނޭނގޭ. ގައްދޫ ސިއްހީ މަރުކަޒަށް ލިބުނު ކުރިއެރުމެއް ނެތް. ވާދޫ ސިއްހީ މަރުކަޒަށް ލިބުނު ކުރިއެރުމެއް ނެތް. މަރާމާތެއް ކުރަން އެދިގެން އަހަރެއް ވާއިރު ވެސް އެކަމެއް ނުވޭ.” އަހްމަދު ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވާ ގޮތުގައި ކަންތައް މެނޭޖް ނުކުރެވެނީ މީހުން ނެތިގެން ނޫނެވެ. އެކަންކަން މެނޭޖް ކުރަން ދަންނަ ބަޔަކު ނެތިގެންނެވެ. ކަންތައްތައް މެނޭޖްކޮށް ބެލެހެއްޓުމަށް ޤާބިލް ބަޔަކު ނެތުމުގެ ސަބަބުން ސިއްހީ މަރުކަޒުތަކުގައި ހުރި ފަރުނީޗަރުތަކުގައި ދަބަރު ޖަހާ، އެގޮނޑިތަކުގައި އިށީންނަ މީހުންގެ ގައިގައި ދަބަރު ހޭކި އެތަންތަނުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައިވާކަން ޒާހިރު ވިދާޅުވިއެވެ.

ގައްދޫގައި ހޮސްޕިޓަލެއް އެޅުމަށް ވެފައިވާ ވައުދު މިސަރުކާރުން ފުއްދައި ނުދޭތީ ގައްދޫގެ ރައްޔިތުން ޝަކުވާ ކުރަމުން ގެންދާކަން ޒާހިރު ފާހަނގަކުރެއްވިއެވެ.

“ގައްދޫ ރައްޔިތުން އަޅުގަނޑާ އެބަ ސުވާލު ކުރޭ ކޮން އިރަކުން ހެއްޔޭ މިރަށުގެ ހޮސްޕިޓަލް އަޅަނީ. ކޮންއިރަކުންހޭ ގަޑިއިރެއްގެ ދަތުރެއް ނުކޮށް ޓެސްޓްތައް ހަދާލެވޭނީ. ކޮބާހޭ ވެފައިވާ ވައުދުތައް. ވައުދުތައް ހަނދާން ނެތުނީހޭ.” އަހްމަދު ޒާހިރު ވިދާޅުވިއެވެ.

މީގެއިތުރުން އާރްޑީސީ އިން ގައްދޫގެ މަގުތައް ހަދާތާ ހަތަރު އަހަރު ވެއްޖެ ކަމަށާއި ނަމަވެސް އަދި ރިންގް ރޯޑްގައި ތާރުކޮޅެއް ނޭޅޭ ކަމަށާއި ފެނަކައިގައި 200 މުވައްޒަފުން ތިބިއިރުވެސް އެމަސައްކަތް އަދިވެސް ނުނިމޭ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!