ޚަބަރު
ހަމަ މިހާރުން މިހާރަށް ރާއްޖެއަށް ފްލޯޓިންގ ހޮސްޕިޓަލެއް ގެންނަން ގޮވާލަން: ޖާބިރު

ހަމަ މިހާރުން މިހާރަށް ރާއްޖެއަށް ފްލޯޓިންގ ހޮސްޕިޓަލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގެ ހާލަތު ގޯސްވުމާއި ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށަޙެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ ރާއްޖެތެރޭ ރަށްތަކުގެ ހޮސްޕިޓަލްތަކުގެ ހާލަތު ރަނގަޅުކުރުމަށް އެ ރަށްރަށުގެ ކައުންސިލުތަކާ ހަވާލުކޮށް، ހޮސްޕިޓަލުތައް ޕްރައިވެޓައިޒް ކުރަން ޖެހޭ ކަމަށާއި ކޮންމެ ގޭބިސީއަކަށް ހޮސްޕިޓަލެއް އެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖާބިރު އިތުރަށް ވިދާޅުވީ އިންޑިޔާ އަދި އެމެރިކާގެ އެހީއާއެކު ލ.އަތޮޅަށް މަނަވަރެއް ގެނެސް ވަގުތުން ވަގުތަށް ލ.އަތޮޅުގެ ރައްޔިތުން ހިތްހަމަޖެހޭވަރު ކޮށްދިނުމަށެވެ. އަދި ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ވަނީ ގޮވާލައްވާފައެވެ.

“ހަމަ މިހާރުން މިހާރަށް އެމެރިކާގެ އެހީއަށް އެދޭށޭ. އިންޑިއާގެ އެހީއަށް އެދޭށޭ. ޔޫރަޕްގެ އެހީއަށް އެދޭށޭ. ލ.އަތޮޅަށް ވަގުތުން ވަގުތަށް މަނަވަރެއް ގެނެސް، ވަގުތުން ވަގުތަށް ލ.އަތޮޅު ރައްޔިތުން ސެޓިސްފައި(ހިތްހަމަޖެހޭ)ވަރު ކޮށްދޭށޭ.” ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވިއިރު ލ.އަތޮޅަށް ފްލޯޓިންގ ހޮސްޕިޓަލް ނުހޯއްދެވީ ކީއްވެގެންތޯ ސުވާލުކޮށް ޖާބިރު ވަނީ މެމްބަރު ސައީދުއަށް ފާޑުވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!