ޚަބަރު
ރޯދައަށް ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ

މި އަހަރުގެ ރޯދަމަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަންނަ ހުކުރުދުވަހުގެރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ރަމަޟާންމަހަށް ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ ހުކުރުދުވަހުގެރޭ 20:30 ގައިކަމަށެވެ.

އެހެން އަހަރުތަކަކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން 29 ޝަޢުބާން ނުވަތަ 1 އޭޕްރީލްވާ ހުކުރު ދުވަހުގެ ހަވީރު 05:30 އިން ފެށިގެން އޮންނާނެކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވެސް ވަނީ ހާމަކޮށްފައެވެ.

2022 ވަނަ ައަހަރުގެ ކަލަންޑަރުގައިވާ ގޮތުން މި ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހެވެ. އެއީ އަންނަ ހޮނިހިރު ދުވަހެވެ.

ޑީޖޭއޭއިން ބުނީ މިއަހަރު ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ރަމަޟާން މަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ، މާލޭ ކޯޓެއްގެ ޤާޟީ އެއްގެ ކުރިފުޅުމަތީގައި ކަމަށާއި، އަތޮޅުތަކުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިފުޅުމަތީގައި ނުވަތަ މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ކައުންސިލްގެ އިދާރާ ހިންގުމާ ޙަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައި ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!