ޚަބަރު
ހިލޭ ޑިގްރީ ސްކީމްގެ ސަބަބުން މަތީތަޢުލީމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ދިރާސާއެއް ހަދަނީ

ރައިސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިހު ކެމްޕެއިންގެ ވައުދުގެ ތެރޭގައި ހިމެނޭ އަދި މިސަރުކާރުން ފަށާފައިވާ، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައި ދިނުމުގެ ސަބަބުން މަތީ ތަޢުލީމަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ފުރަތަމަ ފަހަރަށް ދިރާސާއެއް ހެދުމަށް ވަނީ ކޮންސްލްޓެންޓަކާއި މިއަދު ވަނީ ޙަވާލުކޮށްފައެވެ.

މި ސަރުކާރުގެ ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ސްކީމާ ގުޅޭ ގޮތުން “ފަސްޓް ޑިގްރީ ގްރާންޓް ސްކީމް އިމްޕެކްޓް އެސެސްމެންޓު” ގެނަމުގައި ދިރާސާއެއް ހެދުމަށް ކޮންސަލްޓެންޓަކާ ހަވާލުކޮށް އެގްރީމެންޓުގައި މިއަދު ސޮއި ކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ދިރާސާގެ މައިގަނޑު ދެ މަގްސަދެއް އެކުލެވެއެވެ. އެއީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތައާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުން ވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެ ހެން ތަފާސް ހިސާބު މުރާޖައާ ކުރުމާއި، ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރިފަހުން މަތީތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުމެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭ ފޯރުކޮށް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްވެސް މެއެވެ. އެގޮތުން ހަޔާ އެޑިއުކޭޝަނުން ވަނީ ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން ނަމުގައި ފެބްރުއަރީ 14، 2019 ޚާއްސަ ސްކީމެއް އިފްތިތާހު ކޮށްފައެވެ.

ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ސްކީމްގެ ދަށުން މިހާތަނަށް ވަނީ 13,911 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ދެވިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!