ޚަބަރު
އަނީލް، ނަޝީދަށް: ތިމާނުރެހޭ ކޮންމެ މީހަކީ “ހަރުކަށި” ފިކުރު މީހަކަށް ނުހައްދަވާ

ތިމާ އެމީހަކާއިމެދު ހިތްހަމަ ނުޖެހޭ ކޮންމެ މީހަކީ “ހަރުކަށި” މީހެއްގެ ގޮތުގައި ލޭބަލްކޮށް އެމީހަކާއި ގުޅުވައިގެން އެފަދަ ވާހަކަތައް ދެއްކުމަކީ މުޖުތަމަށް އޮތް ނުރައްކާލެއް ކަމުގައި ޝައިޚު އަނީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވަމުން ދީނީ އިލްމުވެރިޔާ ޝައިޚު އަނީލް ވިދާޅުވީ ސިޔާސީ ގޮތުން ނަަވެސް އަދި އެނޫން ގޮތަކުން ނަމަވެސް ތިމާ ނުރުހޭ ކޮންމެ މީހަކާއި ދިމަލަށް “ހަރުކަށި” ފިކުރުގެ މީހެކޭ ބުނެ ވާހަކަ ދެއްކުމަކީ އެކަމުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމެއްނޫންކަމަށެވެ. އެކަމުގެ ސަބަބުން އަސްލު ހަގީގީ ހަރުކަށި ފިކުރުގެ ނުރައްކަލުން މުޖުތަމައު ސަލާމްތަ ކުރުމަށް ކުރާ މަސައްކަތަށް އިތުުރު ހުރަސްތަކެއް ކުރިމަތި ވެގެންދާނެކަމަށެވެ.

” ތިމާ އެމީހަކާއިމެދު ހިތްހަމަ ނުޖެހޭ ކޮންމެ މީހަކީ “ހަރުކަށި” މީހެއްގެ ގޮތުގައި ލޭބަލްކުރާ މިބާވަތުގެ “ފިކުރު” ތަކުގެ ސަބަބުން، އަސްލު ހަގީގީ ހަރުކަށި ފިކުރުގެ ނުރައްކަލުން މުޖުތަމައުތައް ރައްކާތެރި ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވޭ ” – ޝައިޚު އަނީލް

ނަޝީދު އަވަހަރާކޮށްލަން މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު އިންޑިއާގެ “ވިއޯން” ޓިވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅޭ ގޮތުން އޮތީ ފިކުރީ ހިޔާލު ތަފާތުވުމެއް ކަމަށާއި އެމްޑީޕީގެ އެއްބައިވަންތަކަން ގެއްލިގެން ނުދާނެ ކަމަށެވެ. އަދި ރައީސް އާއި ވެސް އެހާ ބޮޑަށް ގުޅުން ގޯސްވާނެ ކަމަށް ގަބޫލުފުޅު ނުުކުރެއްވޭ ކަަމަށް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!