ޚަބަރު
އިންސާފުވެރި އިންތިހާބަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ: ރައީސް ޔާމީން

އިންސާފުވެރި އިންތިޚާބަކުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މެޖޯރިޓީ ނުލިބޭނެ ކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް، އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކުރެންދޫ ކައުންސިލްގެ ރައީސްގެ ގޮޑި ޕީޕީއެމަށް ކާމިޔާބުވުމުގެ އުފަލުގައި މިރޭ އެ ރަށުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ލިބިގެން އެ އިންތިޚާބު ކާމިޔާބު ކުރެވުނީ ޕީޕީއެމުން ގިނަ ދާޢިރާތަކެއް ޖުމްހޫރީ ޕާޓީއަށް ދޫކޮށްލުމުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އެގޮތަށް އެކަން ކުރެއްވީ އޭރު އެޕާޓީއަށް ކުރެއްވި އިތުބާރެއްގެ ގޮތުން ކަމަށާއި، އެހެން ނަމަވެސް އިހުލާސްތެރިކަމާއި ތެެދުވެރިކަން އެ ޕާޓީން ފެނިވަޑައިނުގެންނެވި ކަމަށެވެ.

“އަޅުގަނޑު ހިތަށް އަރަނީ މިއަދު އެ ގޮޑިތަކަށް ޕީޕީއެމް މީހުން ނެރުނުނަމަ އެމްޑީޕީއަށް މި ސުޕަމެޖޯރިޓީއެއް ނުލިބުނީސް. މިއަދުވެސް މި ދަންނަވަނީ އަދުލުވެރިކަމާ އެކީ އިންސާފުވެރި ކަމާއެކީ އިންތިހާބެއް ބާއްވައިފިއްޔާ އެމްޑީޕީއަށް ކާމިޔާބުވާނެ ބޮޑު އަޣުލަބިއްޔަތެއް ނޯންނާނެ.” އެމްޑީޕީއަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، އިންސާފުވެރި އިންތިހާބަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެ ކަމަށާއި އެ މީހުންނާއެކު މަސައްކަތް ކުރަނީ އިންޑިއާ ނަމަވެސް އެވަރުގެ މަސައްކަތެއް އެމީހުންނަކަށް ނުކުރެވޭނެ ކަމަށެވެ. އަދި އެމްޑީޕީއަކަށް ރާއްޖޭގައި ތާއީދެއް ނެތް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!