މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯލް އެސޯސިއޭޝަނުން ފެށި ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ނިމުނު ގދ. އަތޮޅު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސޮސައިޓީ ފޯ ވާދޫ ޔޫތު އިން ހޯދިއިރު، އަންހެން ޑިވިޝަނުގެ ތަށި ފިޔޯރީ ސޮސައިޓީ ފޯ ފިޔޯރީ ޔޫތު އެންޑް އެމްޕަވާމަންޓް އިން ހޯދައިފިއެވެ.
ގދ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ކުރިއަށްދިޔަ މިމުބާރާތުގައި މިހާތަނަށް ނިމިފައިވަނީ ދެއަތޮޅެއްގެ މެޗުތަކެވެ. އެއީ ފ.އަތޮޅާއި ގދ. އަތޮޅެވެ. ފ. އަތޮޅުގެ ފިރިހެން ޗެމްޕިއަންކަން ހޯދާފައިވަނީ ބިލެތްދޫއެވެ. އަންހެން ޗެމްޕިއަންކަން ހޯދާފައިވަނީ މަގޫދޫއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގައި އަންހެން ޑިވިޝަނުގެ ފައިނަލުގައި އިއްޔެ ކުޅުނީ ފިޔޯރީ އާއި ހޯޑެއްދޫ އެވެ. އެމެޗުގައި ބައްދަލުކުރީ ގދ.ފޮޔޯރީއާއި، ހޯޑެއްދޫއެވެ. އެމެޗުން ފިޔޯރީ ވަނީ ތިން ސެޓުވެސް ކާމިޔާބުކޮށްފައެވެ.
ފިރިހެން ޑިވިޝަނުގައި ދެ ޓީމު ބައިވެރިވެފައިވާތީ ކުޅުނީ ތިން މެޗަށް ބަލައިގެންނެވެ. އެކަމަކު، ފުރަތަމަ ދެ މެޗުން މޮޅުވެގެން ވާދޫ ވަނީ ތަށި ހޯދައިފަ އެވެ. ވާދޫ އިން ފުރަތަމަ މެޗާއި ތިންވަނަ މެޗުންވެސް ތިން ސެޓު ހޯދައިގެން ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-22 އަދި 25-17 އިންނެވެ.