ޚަބަރު
އެމްބީބީއޭ އިން ބޭއްވި “ބުރުނު ޝިކާރަ” މުބާރާތުގައި އިނާމު ދިނީ ރަނގަޅަކަށް ނޫން ކަމަށް ބުނެފި

މޯލްޑިވްސް ބޯޑީ ބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ބޭއްވި “ބުރުނު ޝިކާރަ” ބޮޑީ ބޯޑިން މުބާރާތުގައި އިނާމު ދިނީ ރަނގަޅަކަށް ނޫން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި މަހުލޫފް ވިދާޅުވީ އެމްބީބީ އިން ބޭއްވި ބޮޑީ ބޯޑިން މުބާރާތުގައި ދެ ޖިންސު ތަފާތުކޮށް އިނާމު ދިނުން ކުރިއަށް ގެންގޮސްފައިވާ އިރު، އެކަން އެގޮތަށް ކުރިއަށް ގެންދިޔައީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށާއި ރަނގަޅުކުރަންޖެހޭ ބައިވަރު ކަންތައް އެބަހުރިކަމަށެވެ.

މަހުލޫފް ވިދާޅުވީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އިނާމު ދިނުމައި ދެ ޖިންސުގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅެން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައި ވާނެ ކަމަށާއި އެހެންނަމަވެސް އެބްބީބީއޭ އިން އިނާމް ދިނުމުގައި ދެޖިންސު ތަފާތުކޮށްފައިވާ ކަމަށެވެ.

އެގޮތުން ބޮޑީ ބޯޑިން މުބާރާތުގައި ފިރިހެން އެތުލީޓަށް 10،000 ރުފިޔާގެ އިނާމެއް ދިން އިރު އަންހެން އެތުލީޓަށް ދިނީ އެންމެ 5000 ރުފިޔާއެވެ. އަދި ދެވަނަ އަދި ތިންވަނައަށް އަށް އެތުލީޓުންނަށް ވެސް ފައިސާ ދިނުމުގައި އަންހެން އެތުލީޓުންނަށް ދީފައި ވަނީ މަދުންނެވެ.

” ކޮންމެ ފަހަރަކު ދަނޑި ބުރިއެއް ހިފައިގެން އެތާކު ނުހުރެވޭނެ. އެއީ މިނިސްޓްރީން ޕޮލިސީ ލެވަލްގައި ނިންމާފައި ހުރި ކަންކަން. ވަރަށް ރަނގަޅު ކަންކަންތައް ކުރެވޭ. އެކަމަކު އަދި ރަނގަޅުކުރަން ޖެހޭ ބައިވަރު ކަންކަންވެސް އެބަ ހުރި” މަހުލޫފް ވިދާޅުވިއެވެ.

މިކަމާ ގިނަ ބައެއްގެ ފާޑުކިއުންނަށް ބޮޑީ ބިލްޑިން އެސޯސިއޭޝަނަށް ވަނީ އަމާޒުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!