ފެންޑާ
ލޯ ކައިރި ކަޅުވުން ހުއްޓުވާނެ ފަސޭހަ ގޮތެއް!

ހަމަ ނިދި ނުލިބުމުގެ ސަބަބުންނާއި ބައެއް ސިއްހީ މައްސަލަތަކާ ހުރެ ލޯ ކައިރި ކަޅުވުމަށް މެދުވެރިވެ އެވެ. އޭގެ ސަބަބުން މީހާގެ މޫނުގެ ރީތި ކަމާއި އުޖަލާކަން ގެއްލި އަމިއްލަ ނަފްސަށް ކުރާ އިތުބާރުވެސް ކުޑަވެއެވެ.

ނަތީޖާއެއްގެ ގޮތުން، ލޯކައިރިން ކަޅުކަން ފިލުވާލާނެ ގޮތަކާމެދު އަބަދުވެސް ފިކުރު ކުރެވެއެވެ. އެކަމަށްޓަކާ ތަފާތު ބޭސްތަކާއި ކެމިކަލުން ތަޣައްޔަރު ވެފައިވާ ޕްރޮޑަކްޓުތައް ބޭނުން ކުރެވެއެވެ.

ނަމަވެސް އެއީކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ގުދުރަތީ މާއްދަތައް ބޭނުންކޮށްގެން އެކަމަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރުން މާ ބުއްދިވެރި އެވެ. އެގޮތުން މި ލިޔުމުގައި ގުދުރަތީ ބައެއް ބާވަތްތައް ބޭނުންކޮށްގެން ލޯކައިރިން ކަޅުކަން ފިލުވާލަނެ ގޮތްތަކަކަށް ބަލައިލާނަމެވެ.

ވިޓަމިން އީ، އަލޯވެރާ އަދި އާމަންޑު ތެޔޮ

ކުޑަތަށްޓަކަށް އެއް މޭޒުމަތީ ސަމްސާ އަލޯވެރާ ޖެލްކޮޅެއް އެޅުމަށްފަހު އޭގެ ތެރެއަށް ދެ ވިޓަމިން އީ ކެޕްސިއުލް ފިތާލާށެވެ. އަދި އެއް ސަމްސާ އާމަންޑު ތެޔޮވެސް އެއަށް އެޅުމަށްފަހު ރަނގަޅަށް އެކޮށްލާށެވެ.

މި ތައްޔާރު ކުރެވުނު ކުރީމް ނިދަން އޮށޯތުމުގެ ކުރިން ލޯކައިރި ކަޅުވެފައި ހުންނަ ހިސާބުގައި އުނގުޅާލާށެވެ. ދެ ދުވަސްވަންދެން މި ފަދައިން ކަންތައް ކުރާށެވެ.

ކިއުކަމްބާ

ތާޒާ ކިއުކަމްބާ އަކުން ދެފޮތި ނެގުމަށްފަހު ލޯމަތީގައި ބައްވާށެވެ. އަދި 15 ނުވަތަ 20 ވަރަކަށް މިނުޓު ވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ކިއުކަމްބާ ފޮތިތައް ލޯމަތިން ނަގާލަށެވެ.

އަލޯވެރާ

ނިދަން އޮށޯތުމުގެ ކުރިން ތާޒާ އަލޯވެރާ ޖެލްކޮޅެއް ލޯ ކައިރި ވަށާލައިގެން ހާކާލާށެވެ. އަދި ހެނދުނު ހޭލައިގެން މޫނު ދޮވެލާށެވެ.

އަލުވި ދިޔަ

އަލުވިއެއް ރަނގަޅަށް ދޮވެ ސާފު ކުރުމަށް ފަހު ތޮށި ނޮޅާލާށެވެ. އެއަށްފަހު އެ އަލުވި ގާނާލާށެވެ. އަދި އޭގެ ދިޔަ ފެލާލާށެވެ. އަދި އެ ދިޔަ ލޯ ކައިރީގައި ހާކާލާށެވެ.