ގއ.ދާންދޫގެ ބަނދަރު ތަރައްޤޫކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިޔަށް ގެންދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަހަރު ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކުރެވުނު މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހު 29 ވަނަ ދުވަހުގައި ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
ގއ. ދާންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 29 މާރޗް 2022 ވަނަ ދުވަހު ފެށިއްޖެ.#MTCCProjects #RayyithungeKunfuni pic.twitter.com/jpqWjbMpke
— MTCC Plc (@MTCCPlc) March 31, 2022
އެކުންފުނިން ހާމަކުރި ގޮތުގައި މިމަޝްރޫޢު ނިމޭއިރު އެރަށުގައި 529 މީޓަރުގެ ބަނދަރެއް ތަރައްޤީކުރެވިގެންދާނެއެވެ. އަދި 333މީޓަރުގައި ބޭރު ތޮށި ލުހުމާއި، 370 މީޓަރުގައި ރިވެޓްމަންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުގެ ޒަމާނީ ފަރުމާއަށް ތައްޔާރުކުރެވޭ މިބަނދަރުގައި 100މީޓަރު ދިގު އަދި 3 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އަޅަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބަނދަރުގެ އެއްގަމު ތޮއްޓާ ބޭރު ތޮށި ގުޅާލުމަށް 30މީޓަރު ދިގު 4މީޓަރު ފުޅާ ބްރިޖެއްވެސް ހަދާނެއެވެ.
މިއީ 1 އަހަރާ 4 މަސް ދުވަހުން ނިންމާ ގޮތަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ 70.8 މިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެކެވެ.