ފެންޑާ
ޑިޕްރެޝަންއަށް ދިއުމުން ފެންނާނެ ބައެއް އަލާމާތްތައް!

ކަންކަމާ މާބޮޑަށް ވިސްނައި ފިކުރުކޮށް ނުވަތަ ކަންކަމާ ހިތާމަ ކުރުމަކީ ޑިޕްރެޝަންއަށް ދިއުމަށް މަގުފަހި ކުރުވާ ކަމެކެވެ. އަދި ގިނަ ފަހަރު ޑިޕްރެސް ވެވެނީ ވެސް، ހިތުގައި އުދެފޭ އުދާސް ތަކާއި ހިތާމަތައް ހިއްސާ ކުރާނެ މީހަކު ނެތި އެކަމުގައި ގިނަ ދުވަސްތަކެއް ހޭދަ ވުމުންނެވެ.

ޑިޕްރެޝަންއަށް ދިޔަ ނަމަވެސް އެކަން ދެނެނުގަނެވޭ މީހުންވެސް އުޅެއެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޑިޕްރެޝަންއާ ބެހޭގޮތުން މީހުން އެކަށީގެންވާ މިންވަރަކަށް ހޭލުންތެރި ކުރެވިފައި ނުވުމެވެ. ނުވަތަ އޭގެ އަލާމާތްތައް ނޭނގުމެވެ.

އެގޮތުން ޑިޕްރެސް ވުމުން ފެންނާނެ އަލާމާތްތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

ޑިޕްރެޝަން އަށް ދިއުމުން އުޅުމަށް ބަދަލު އާދޭ

ޑިޕްރެސް ވުމަކީ ތިމާގެ އުޅުމަށް ވެސް އޭގެ ބަދަލު އަންނާނެ ކަމެކެވެ. އެގޮތުން ބޭރަށް ދިއުން މަދުވުމާއި އެކަހެރިވެ އެކަނި އިނުމަށް ބޭނުން ވުމަކީ ވަރަށް އާއްމު އަލާމާތެކެވެ. ހަމައެހެންމެ، އާއިލާ އާއި ރަހުމަތްތެރިންނާ އޮންނަ ގުޅުން ކުޑަވުމާއި އެކަމެއް ކުރުމުން ހިތް ހަމަޖެހުން ލިބޭ ކަންތައްތަކާ ދުރުވުމަކީ ވެސް ޑިޕްރެސްވެފައިވާ ކަމުގެ އަލާމާތްތަކެވެ.

އޭގެ އިތުރުން ކަންކަމަށް ސަމާލުކަން ނުދެވުމާއި މަސައްކަތްކުރާ ހިތް ނުވުން ނުވަތަ ސުކޫލްގައި އުޅޭ ކުއްޖެއްނަމަ ސުކޫލަށް ދާ ހިތް ނުވުމަކީ ވެސް އޭގެ އަލާމާތެކެވެ.

އިހުސާސްތަކަށް ބަދަލު އާދޭ

ތިމާގެ އުފާވެރިކަން ގެއްލި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަ ވުމަކީވެސް ޑިޕްރެސް ވެފައިވާ ކަމުގެ އަލާމާތެކެވެ. އަދި އަބަދުވެސް ބޯ ގޮވާފަި ހުރުމާއި މާޔޫސްވެފައި ހުރެވުމަކީ ވެސް ޑިޕްރެސް ވެފައިވާ ކަމުގެ އަލާމާތްތަކެވެ.

ހަމައެހެންމެ، އަމިއްލަ ނަފްސު ކުށްވެރި ކުރެވުމާއި ތިމާއަކީ އެއްވެސް މީހެއް ނޫންކަން ނުވަތަ އެއްވެސް އަގެއް ނެތް ބޭކާރު އެއްޗެއް ކަމަށް ގަބޫލު ކުރެވުމަކީ ވެސް ޑިޕްރެސް ވެފައިވާކަމުގެ އަލާމާތްތަކެވެ. އޭގެ އިތުރުން އެއްވެސް ކަމެއް ރަނގަޅަށް ނުވާނެކަން ނުވަތަ ނެގެޓިވް މައިންޑެއް ގެންގުޅުމާއި ކާހިތް ނުވެ ބަރުދަން ލުއި ވުމަކީ ވެސް ފެންނަ އަލާމާތްތަކެވެ.

ހަމައެއާއެކު، މާ ބޮޑަށް ވަރުބަލިވެ ބަލިވުމާއި، ގައިގައި ރިއްސުމާއި ބޮލުގައި ރިހުން އަދި ކާހިތް ނުވުމަކީ ވެސް ޑިޕްރެސް ވެފައިވާކަމުގެ އަލާމާތްތަކެވެ.

މަތީގައި މި ބަޔާން ކުރެވުނު އަލާމާތްތައް ތިބާގެ ކިބައިން ފެންނަނަމަ ތިބާގެ ހިތާމަތައް އެހެން މީހަކާ ހިއްސާ ކުރާށެވެ. ތިބާގެ ހިތުގެ ހާލަތު ނުވަތަ ތިބާ ތަހައްމަލު ކުރާ ކަންކަން އެހެން ފަރާތަކާ ހިއްސާ ކުރެވުމުން ހިތަށް ލުއިކަމެއް ވެސް ލިބޭނެއެވެ.

އެއާއެކު ލަސް ނުކޮށް ސިއްހީ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދުމަކީ ވެސް ވަރަށްވެސް މުހިއްމު ކަމެކެވެ. ސަބަބަކީ ފަރުވާ ނުކޮށް ފަރުވާ ކުޑަކޮށްލެވުމަކީ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމަކަށް ވާތީއެވެ.

  1. މައްރާ

    ހާލި

  2. Hama bunely

    Hiyaalu thakaa hithaama tha hissaa kuraane meehun huhttas hisssa nukurumaky vess mi kan dhimaa vaan medhuveri vaa sababe