ހުވަދު އަތޮޅުގައި ބޭއްވި އެންމެ ބޮޑު މާހެފުން ގެމަނަފުށީގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ހަވީރު 4 އިން ފެށިގެން 6 ޖަހަންދެން ކުރިއަށް ގެންދިޔަ ރޯދަ ޚާއްޞަ މާހެފުމާއި ބެހޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ރައީސް އިބްރާހިމް ނާޝިދު ވިދާޅުވީ އެހެން ހުރިހާ އަހަރުތަކާ ޚިލާފަށް ވީހާވެސް ފުޅާކޮށް, ބޮޑު މާހެފުމެއް ބާއްވަން ނިންމީ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މާހެފުން ނިމިގެން ދިޔައީ ހީވެސް ނުކުރާހަ ބޮޑު އެއްބާރުލުން ލިބިގެން ކަމަށެވެ.
ގެމަނަފުށީގެ ކައުންސިލާއި ރަށުގެ އެންމެހާ ރައްޔިތުން ގުޅިގެން އެރަށުގެ ބަނދަރު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ބޮޑު މާހެފުމުގައި ގެމަނަފުށީގެ ކުދި ބޮޑު އެންމެންގެ އިތުރުން ގއ ގެ ހުރިހާ ރަށަކާ ރިސޯޓް އަދި އެއަރޕޯޓް ތަކުން ބައިވެރިވިއެވެ.
ވަރަށް ދިވެހި ވަންތަކޮށް ކުރިއަށް ގެންދިޔަ މި މާހެފުމުގައި ޒަމާނުއްސުރެ ދިވެހިން ކެއުމުގައި ބޭނުން ކުރާ ހުރިހާ ބާވަތެއް ތައްޔާރު ކޮއްފައި ހުއްޓެވެ.
އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި މާހެފުން ވެގެން ގޮސްފައި ވަނީ އެއްބައިވަންތަކަމާއި ދިވެހި ސަޤާފަތް ވަރަށް ބޮޑަށް ފެނިގެން ދިޔަ ތާރީޚީ ހަރަކާތަކަށެވެ.
ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ގައި ކުރިއަށް ދިޔަ މާހެފުމުގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިކަމަށް އެ ހަރަކާތުގައި ބައިވެރިވި ފަރާތްތަކުން ބުނެއެވެ.
މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ވަރަށް ފޯރީގައި މާހެފުންތައް ވަނީ ބާއްވާފައެވެ.
މިހާރު ހަފަނީ މަލެއްނޫން.. ކޮންމެ ކަމެއްވެސް ކުރަނީ ދެއްކުންތެރި ކަމަށް، ވާދަވެރި ކަމެއްގެ ގޮތުތަ..،