ޚަބަރު
ގައްދޫ ޕޮލީޓެކްނިކްގެ ކޯސްތަކާ ތަމްރީންތައް ރަނގަޅަށް ކުރިޔަށް ނުގެންދެވެނީ އިމާރާތް އަޕްގްރޭޑް ކުރަން އުޅޭތީ

މޯލްޑިވްސް ހަޔަރ އެޑިއުކޭޝަން އިން ގައްދޫ ގައި ހިނގާ ޕޮލީޓެކްނިކް ގެ ކޯސްތަކާ ތަމްރީންތައް ރަނގަޅަށް ކުރިޔަށް ނުގެންދެވެނީ ކެމްޕަސް އިމާރާތް އަޕްގްރޭޑް ކުރަން އުޅޭތީކަމަށް އެކެމްޕަސްއިން ހާމަކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުންގައްދޫ ޕޮލީޓެކްނިކް ގެ އެޑްމިން އޮފިސަރ ޢާއިޝަތު އިބްރާހީމް ވިދާޅުވީ ގައްދޫ ޕޮލީޓެކްނިކް ކެމްޕަސް ހިނގަނީ ކުރިން އަތޮޅު މަދަރުސާ ހިންގި އިމާރާތުގައި ކަމަށާއި އެތަނަކީ ވަރަށް ބާ އިމާރާތެއް ކަމަށް ވުމުން ވަރަށް ގިނަ ދަތިތައް އެބަހުރި ކަމަށެވެ. އެގޮތުން ތަމްރީނު ދިނުމަށް ބޭނުންވާ އާލާތްތައް ގެންގުޅުމާ ބެލެހެއްޓުމާ ރަނގަޅު ފެންވަރުގެ ކްލާސްތައް ނެތުމާއި ކަރަންޓައި އެހެނިހެން މައްސަލަތައް ވެސް ވަރަށް ގިނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އައިޝަތު ވިދާޅުވީ ގައްދޫ ޕޮލީޓެކްނިކްގެ މިހާރުގެ އިމާރާތް މަރާމާތް ކުރުމަށް މާލެއިން ބަޔަކު އައިސް ސަރވޭ ކޮށްފައިވާ ކަމަށާއި ލަސްތަކެއްނުވެ އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާނެކަމަށް ޔަޤީންވާ ކަމަށެވެ.

” މިހާރުވެސް 2 ކޯހެއް މިތަނުގައި އެބަ ހިނގާ. އެއް ކޯހުގައި 12 އަދި އަނެއް ކޯގުގައި 17 ފަރާތަކުން ވަނީ ބައިވެރިވެފައި. ކުރިން ކޯސް ތައް ނުހިނގައި މަޑުޖެހިފައި ހުރީ ކޮވިޑް-19 ގެ ޙާލަތު ދިމާވެގެން”  އައިޝަތު ވިދާޅުވިއެވެ.

ހުވަދޫ ނޫހުން ގައްދޫ ޕޮލީޓެކްނިކް ހިންގާ އިމާރާތްތަކަށް ވަދެ ބަލާލި އިރު އެތަނަކީ މީގެ 30 ވަރަކަށް އަހަރު ކުރިން ޖަޕާން ސަރުކާރުގެ އެހީގައި މުޅި ރާއްޖޭގައި އެޅި އިމާރާތް ތަކުގެ ތެރެއިން ތަނެކެވެ. ހުރިހާ ތަނެއްވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެ ޤަދީމީ ތަނެއްހެން ސިފަވާ ޙާލަތު ފައެވެ. އެތަނަކީ އާބާތުރަ ފިލުވައި މަރާމާތް ކުށްގެން ހިނގޭނެ ތަނަކަށްވުރެ ބާ އިމާރާތެކެވެ.

މޯލްޑިވްސް ހަޔަރ އެޑިއުކޭޝަންގެ ގައްދޫ ޕޮލީޓެކްނިކް ކެމްޕަސް އަކީ ޓެކްނިކަލް ދާއިރާއިން މީހުން ބިނާ ކުރުމަށް މީގެ 2 އަހަރު ކުރިން ހުވަދު އަތޮޅު ގައްދޫގައި ސަރުކާރުން ހުޅުވި ތަނެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!