މަޢުލޫމާތު
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރޯދަ ވީއްލުމުގެ އާދަކާދަތައް

ރަމަޟާން މަހަކީ މުޅި ދުނިޔޭގައި މުސްލިމުން ފާހަގަކުރާ އިސްލާމީ ކަލަންޑަރުގެ ނުވަވަނަ މަހެވެ. މިމަހަކީ ރޯދަހިފުމާއި، އަޅުކަމުގެ މައްސަރެކެވެ. ދާއިމީ ގޮތެއްގައި ބަލިވެ، ގާތުން ކިރުދީ، ދަތުރުފަތުރުކޮށް ނުވަތަ މައްސަރުކަންތައް ޖެހިފައިވާ މީހުން ފިޔަވައި، އެހެން ހުރިހާ މުސްލިމުންނަށް ރަމަޟާން މަހުގެ ރޯދަ ހިފުން ލާޒިމުވެގެންވެއެވެ. ފަތިސްވުމުގެ ކުރިން ހާރުކާން ޖެހޭ އިރު ރޯދަ ވީއްލުމަށް އިރުއޮއްސޭ ގަޑިޔަށް ތައްޔާރުކުރެވޭ ޖާފަތަށް އިފްތާރު އޭ ކިޔައެވެ.

ރޯދަ ވީއްލުމުގެ އާދަކާދަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަނީ އުފާފާޅުކުރުމާއި، އެއްބައިވަންތަކަމާއި، އަގުބޮޑު ކެއުންތަކާއެކުއެވެ. އާދަކާދައިގެ ގޮތުން ރޯދަ ވީއްލަނީ ކަދުރުން، ފެން، އޭގެ ފަހުން ލުއި ކާނާއެއް. ނަމަވެސް ރޯދަ އަށް ހާއްސަކޮށް ތައްޔާރުކުރާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ކާނާގެ ބާވަތްތައް ގިނަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރޯދަ ވީއްލުމުގެ ބައެއް އާދަކާދަތައް މިލިޔުމުގައި ހިމަނާލަމެވެ.

ޕާކިސްތާން:

ރޯދަ ވީއްލުމުގެ ކެއުންތައް ތައްޔާރުކުރުމުގެ މަސައްކަތް ފެށެނީ ގެތަކާއި މަގުމަތީ ސްޓޯލްތަކުގައި ރޯދަ ވީއްލުމުގެ ގާތްގަނޑަކަށް ތިން ގަޑިއިރު ކުރިންނެވެ. ރޯދަ ވީއްލާ ގަޑީގައި ޒިލޭނބި، ސަމޯސާ އަދި ޕަކޯރާ ފަދަ ރަހަތައް ވެސް ލިބެން ހުރެ އެވެ. ޕާކިސްތާނުގައި، ރޯދަމަހު ގިނަ ރެސްޓޮރެންޓްތަކުން ރޯދަވީއްލުމަށް ޚާއްސަ ކެއުންތައް ވެސް ތައްޔާރު ކުރެއެވެ. ރޯދަ ވީއްލައި، ތަރާވިސް ނަމާދުގެ ފަހުން، ރަށުގެ ބައެއް ބާޒާރުތަކަށް އާންމުން އެއްވެ ޗާންދު ރާތު ގެ އުފާފާޅުކުރުންތައް ކުރިޔަށްގެންދާ ކަމުގައި ވެއެވެ.

އިންޑިއާ:

ރޯދަ ވީއްލުމަށް ޚާއްސަކޮށްގެން މިސްކިތްތަކުން އިންތިޒާމުކުރާ ތަފާތު ކެއުމުގެ ބާވަތްތަކުން އިންޑިޔާގެ ގިނަ އަދަދެއްގެ މުސްލިމުން ރޯދަ ވީއްލައެވެ. މިގޮތުން ރޯދަ ވީއްލުމަށް، ކަދުރު އަދި ފެނުން ބޭނުންކުރުމަށްފަހު، ގިނަބާވަތް އެކުލެވޭ، ވެޖިޓޭރިއަން އަދި ނޮން ވެޖިޓޭރިއަން ޑިޝްތަކުގެ ތަފާތު ކެއުން ކައެވެ. ހައިދަރުއާބާދުގައި މީހުން ތަފާތު ދުޢާތައް ކުރުމަށްފަހު ރޯދަ ވީއްލައެވެ. ދިއްލީ، އުއްތަރް ޕްރަދޭޝް، މަދްޔަ ޕްރަދޭޝް އަދި ވެސްޓް ބެންގާލް ފަދަ ސްޓޭޓްތަކުގައި ރޯދަވީއްލުން ފެށެނީ ކަދުރު، ތާޒާކޮށް ކޮށާފައި ހުންނަ މޭވާ އާއި މޭވާގެ ޖޫސް، އޭގެ ފަހުން ތެލުލާފައި ހުންނަ ތަފާތު ހެދިކާގެ ބާވަތްތައް ކަމުގައިވާ ޕަކޯޑާ އަދި ސަމޯސާ ފަދަ ބާވަތްތައް ކައެވެ.

ބަންގްލަދޭޝް:

ބަންގްލަދޭޝްގެ ކެއުންތަކުގެ ތެރެއިން ޖިލަޕީ، މުރީ، ހަލީމް، ކަދުރު، ސަމޯސާ، ޑާލް ޕޫރީ، ޕިތާ، އަލޫ ޗޮޕް، ސިންގަރާ، ޣޫގްނީ، އެމެރްތީ، ބުންޑިއާ، ނިމްކީ، ޕަކޯރާ، ޚަޖާ، ބަތާސާ، ކައްބަރު ތުލާ ފަދަ ތަފާތު ވައްތަރުގެ ކެއުންތައް ތައްޔާރުކުރެވިފައި ވެއެވެ. އާއިލާ އާއި ރަހުމަތްތެރިންނާއެކު ތަފާތު ވައްތަރުގެ ކެއުންތަކުން ބަންގާޅު މީހުން ރޯދަ ވީއްލަ އެވެ.

މެލޭޝިޔާ:

މެލޭޝިޔާގައި ރޯދަ ވީއްލުމަށް ކިޔަނީ ބަރްބޫކާ ޕުއާސާ އެވެ. އާންމުކޮށް ރޯދަވީއްލުމަށް ބޭނުންކުރަމުން އަންނަ ކަދުރު އަދި ފެނުން ރޯދަ ވީއްލުމަށް ފަހު މީހުން ބަންޑޫންގް ޑްރިންކް، އުއްދަނޑި ޖޫސް، ސޯޔާބީން މިލްކް މިކްސްކޮށްގެން ގްރާސް ޖެލީ، ނާސީ ލެމަކް، ލަކްސާ، އަޔަމް ޕަރސިކް، ޗިކަން ރައިސް، ސަޓާއީ އަދި ޕޮޕިއާ ފަދަ ތަފާތު ކެއުމުގެ ބާވަތްތައް ބޭނުން ކުރެ އެވެ.

މިސްރު:

ރޯދަވިއްލުމުގެ އުފާފާޅުކުރުމުގެ ތެރެއިން މީހުން ކުލަގަދަ ލެންޓާންތަކުން އަލިކޮށް ރޯދަ ވީއްލަން ތައްޔާރު ކުރާތަން ޒީނަތްތެރި ކުރެއެވެ. މީގެ އިތުރުން ފިހުނު އަސްދޫނި މަސް، ރޮކާކް (މަހުން ތައްޔާރު ކުރާ ޕޭސްޓްރީ އެއް)، މަހްޝީ (ފުރިފައި ހުންނަ ތަރުކާރީ)، ކޭޝްކް، ފިހުނު މުސަޅު މަސް، އަދި މޮލޮޚެޔާ (ފަތުން ތައްޔާރު ކުރާ ސޫޕެއް) އެކުލެވޭ ކެއުންތައް ރޯދަ ވީއްލައިގެން ކެއުމަށް މިސްރު މީހުން ބޭނުން ވެއެވެ.

ސައުދީ އެރޭބިއާ:

ސައުދީ މީހުން، ރޯދަ ވީއްލުމަށް ބޭނުންކުރަނީ ކަދުރެވެ. މީގެ އިތުރުންވެސް އަރަބި ކޮފީ، ސޫޕް، ފްރައިޑް ނުވަތަ ފިހެފައި ހުންނަ ތަފާތު ޕޭސްޓްރީ ކާއެއްޗެހިން ރޯދަ ވީއްލައެވެ. ސައުދީ އެރޭބިއާގެ ހުޅަނގު ސަރަހައްދުގެ ސަޤާފީ ކެއުންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކެއުންތަކަކީ ފަވާ ބީން ސްޓިވް އާއި ޓަމީޒް ބްރެޑް އެވެ. އިރުމަތީ ޕްރޮވިންސްގައި މީހުން ރޯދަ ވީއްލަނީ ސަލޫނާ ނަމަކަށް ކިޔާ މަހާއި ތަރުކާރީ ބޭނުންކޮށްގެން ތައްޔާރުކުރެވިފައިވާ ސްޓިވް އެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!