ޚަބަރު
ފުލުހުންގެ ޚިދުމަތް އޮންލައިންކޮށް ހޯއްދެވުމަށް އެޕް ޑައުންލޯޑްކުރުމަށް ފުލުހުން އެދިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތް އޮންލައިންކޮށް ހޯއްދެވުމަށް މޯބައިލް އެޕްލިކޭޝަން ބޭނުންކުރުމަށް ފުލުހުން އެދިއްޖެއެވެ.

“ޕޮލިސްއެމްވީ”ގެ ނަމުގައި ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ލޯންޗުކޮށްފައިވާ މިއެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންގެ ޚިދުމަތް އޮންލައިންކޮށް ހޯދާލެވޭނެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނަކީ، ފުލުހުން އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް، މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، އައި.އޯ.އެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން ބޭޏުން ކުރައްވައިގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ފުލުހުންގެ ޚިދުމަތް ލުއި ފަސޭހަ ގޮތަކަށް ހޯދޭނެއެވެ.
މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިންގ ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި، އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ.

މީގެއިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި، ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ. އަދި ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ.

ފުލުހުން ވިދާޅުވީ، މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަލާތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށްކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!