ޚަބަރު
އާ ރެސްޓޯރެންޓްތަކެއް ހުޅުވި ވަގުތާއިއެކު ރޯދަ ވީއްލުންތަކަށް ތިނަދޫގައި ބާރު ބޮޑުވެފައި

2022ވަނަ އަހަރުގެ ފުރަތަމަ 3 މަސް ވެގެން ގޮސްފައި މިވަނީ ތިނަދޫ ގައި އަލަށް ގިނަ ރެސްޓޯރެންޓްތަކެއް ހުޅުވި ދުވަސްކޮޅަކަށެވެ. ހަމަ އެއާއެކު 1443 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ރޯދަ މިއަދު މިވަނީ ހިފާފައެވެ. އެހެން ކަމުން ރޯދަ ވީއްލުމުގެ ފޯރިވެސް މިވަނީ ވަރަށް ގަދަވެފައެވެ. ގިނަ ރެސްޓޯރެންޓް ތަކެއް ހިނގާ ތިނަދޫ ގައި މިފަހަރުވެސް ކޮންމެ ރެސްޓޯރެންޓަކުންވެސް ވަނީ ރޯދަ ވީއްލުމަށް ތަފާތު އަގުތަކުގައި ގިނަ ޕެކޭޖްތަކެއް ހިމަނާފައެވެ.

މުޅިން އާ ރަހަ ތަކަކާއެކު އާ މެނޫ ތަކެއް މިވަނީ ނެރެފައެވެ. އެގޮތުން ބަލާއިރު އެންމެ ހިނގާ އެއް ރެސްޓޯރެންޓް ކަމުގައިވާ ވޯޓާ ޑެކް އިންވެސް މިފަހަރުވަނީ ތަފާތު އަގެއްގައި ރޯދަ ވީއްލުމަށް ޚާއްޞަ މެނޫތަކެއް ވަނީ ހަދާފައެވެ. އެޕެކޭޖްތަކުގައި އެތަނުގެ އެންމެ ނަން ހިގާ, ގިނަ އައިޓަމްތަކެއް ވަނީ ހިމަނާފައި ކަން ފާހަގަ ކޮށްލެވެއެވެ.

ދާދި ފަހުން ތިނަދޫގައި ހުޅުވި އިބްނަމޯ ރެސްޓޯރެންޓުންވެސް ވަނީ މުޅިން ތަފާތު އަގުތަކެއްގައި ރޯދަ ވީއްލުމަށް 3 ޕެކޭޖެއް ވަނީ ނެރެފައެވެ. މި 3 ޕެކޭޖްގައި ވެސް ވަރަށް މީރު ވާނެ ރަހަތައް ހިމަނާފައި ވެއެވެ. ތިނަދޫގައި ދާދި ފަހުން ހުޅުވި ސޯލްޓް ވިއުއިން ވެސް ވަނީ އެތަން ހުޅުވި ފަހުން އައި ފުރަތަމަ ރަމަޟާން މަހަށް ވަރަށް ތަފާތު މެނޫ އެއް ތަޢާރަފު ކޮއްފައެވެ. މި ޕެކޭޖްގައި ތަފާތު އެއްޗެއް ގެ ގޮތުގައި އިންޑިއާގެ ރަހަ ވަނީ އިތުރު ކޮއްފައެވެ. އަދި ކޮންމެ ދުވަހަކަށް ވަކި ކެއުމެއް ޚާއްޞަކޮށް ގުރޫޕްކޮށް އަންނަ މީހުންގެ ތެރެއިން ކޮންމެ 7 މީހުންގެ ތެރެއިން 1 އަށް ދޭ ޚިދުމަތް ހިލޭ ދޭ ގޮތަށް ހަދާފައެވެ.

މީގެ އިތުރުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަލުން ހުޅުވި ގޯސިޔާ އިން ވެސް ރޯދަ އަށް ވަރަށް ތައްޔާރުވެ ޚާއްޞަ ޕެކޭޖް ތަކެއް އާންމު ކޮއްފައިވާއިރު ރަށުގައި ހިނގާ ހުރިހާ ރެސްޓޯރެންޓް ތަކުންވެސް ވަނީ އެކަށީގެންވާ ގޮތަކަށް ތައްޔާރު ވެފައެއެވެ. ރެސްޓޯރެންޓް ތަކުގެ ތެރެއިން ކުރިން ވެސް ހިނގަމުން އަންނަ ތަންތަނުން ބުނެފައިވަނީ ކުރިން އަހަރު ތަކެކޭވެސް އެއްފަދައިން މި ފަހަރު ވެސް ވަރަށް ބާރު ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ފުރަތަމަ ދުވަހުގެ އެޕޮއިންޓްމަންޓް ތަކަށް ބަލާއިރު ވަރަށް ބޮޑަށް ފުލްކޮށް ދިޔަ ކަމަށް މިދެންނެވި ރެސްޓޯރަންޓްތަކުން ބުނެއެވެ. އަލަށް ހުޅުވި އިބްނަމޯގެ ޕެކޭޖްތައް އިޢުލާން ކުރުމާއިއެކު ރޯދަ ވީއްލުމަށް މީހުން ނަންނޯޓުކުރަން ފެށި ކަމަށާއި ފުރަތަމަ ދުވަހުވެސް ބޮޑު ތަރުޚީބެއް ލިބިގެން ދިޔަ ކަމަށް އެރެސްޓޯރަންޓުން ބުންޏެވެ. ސޯލްޓްވިއުގެ ތަފާތު މެނޫ އަށް ބޮޑު ތަރުތީބެއް ލިބިފައިވާ ކަމަށް އެފަރާތުން ދެކޭއިރު ގޯސިޔާ ފަދަ ރެސްޓޯރެންޓްތަކާ އަކަށް ހުޅުވި ރެސްޓޯރެންޓްތަކަށް މި ރޯދަމަސް ވަރަށް ތަފާތުވެ އިންތިހާއަށް ބާރު ބޮޑު ވެގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!