ޚަބަރު
ހުޅުމާލޭގައި ބާރުގަދަ އަޑުފަށްގަޑަކާއެކު އެއްޗެއް ގޮވައިފި

ހުޅުމާލޭގައި ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ޗައިނާ ޓައުން ސަރަޙައްދުން ބާރުގަދަ އަޑުފަށްގަޑަކާއެކު އެއްޗެއް ގޮވުމުގެ ސަބަބުން ފުލުހުން އަންނަނީ ހަކާތްތެރިވަމުންނެވެ.

ހުވަދޫ ނިއުސް މަޢުލޫމާތު ދިން އާންމު ފަރާތެއް ބުނެފައިވާ ގޮތުގައި، އެއްޗެއް ގޮވި އަޑު ވަރަށް ބާރަށް އިވުނު ކަމަށާއި، އަދި މިއަޑާއިއެކު ގިނަ އަދަދެއްގެ މީހުން އެސަރަޙައްދަށް ޖަމާވިއެވެ. އަދި އަޑަށް ބަލާއިރު ބޮޑަށް ލަފާކުރެވެނީ ގޭސްފުޅިއެއް ކަހަލަ އެއްޗެއް ގޮވި އަޑު ކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް އައިސްފައިވާކަމަށް މަންޒަރު ދުށް އިތުރު މީހަކު ބުނެފައެވެ. ދެފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި ގޮވި ގަޑީގައި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ފެނިފައިވެއެވެ،

އެއްޗެއް ގޮވުމުގެ މިހާދިސާ ހިނގާފައިވަނީ ހުޅުމާލެ ޗައިނާ ޓައުން ސަރަހައްދުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. މިސަރަޙައްދު އެއްކޮށް މީހުންނަށް ނުވަދެވޭގޮތަށް ފުލުހުން ބަންދުކޮށްފައިވާތީ، މިހާދިސާގައި ލިބިފައިވާ ގެއްލުމުގެ އިތުރު ތަފްޞީލެއް ވަނީ ސާފުނުވެއެވެ.

މި ހާދިސާ ހނގާފައިވަނީ ހުޅުމާލެ ބޯގަންވިލާ މަގުގެ ކުޅިވަޅުކުރުމަށް ޚާއްސަކޮށްފައި އޮންނަ ހުސްބިމުގައިކަމަށް ފުލުހުން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ވެފައިވާކަމުގެ މައުލޫމާތެއް ނުލިބޭކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!